ހެލިކޮޕްޓަރު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ރަނގަޅު: އޭޑީކޭ

ހެލިކޮޕްޓު ސިޑީގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ގެންދަނީ-- ފޮޓޯ: ސުޒާން

އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގެ ފިޔަގަނޑުން ފުލައިޓަށް އަރާ ސިޑިއެއްގައި ޖެހުނު ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހާދިސާގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ބ. ހިތާދޫ، މޫސާ ވަޖުދީއަކީ އެ އެކްސިޑެންޓް ހިނގި ސަރަހައްދާ 400 ފޫޓް ދުރުގައި ހުރި މީހެކެވެ. ބާރު މިނުގައި ބުރަބުރައިގެން ދިޔަ އެއްޗެހިތަކުގެ ތެރެއިން 23 އެތިކޮޅު ވަނީ އޭނާގެ ބަނޑަށް ހެރިފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންދާއިރު އެ ހޮޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް މިއަދު ސަން އަށް ވިދާޅުވީ ވަޖުދީގެ ހާލު ރަނގަޅު ކަމަށާއި މިހާރު އޭނާއަށް ދެމުންދަނީ އާންމު ފަރުވާ ކަމަށެވެ.

ވަޖުދީގެ ބަނޑަށް ހެރުނު 23 އެތިކޮޅުގެ ތެރެއިން 22 އެތިކޮޅުވަނީ ނަގާފަ އެވެ. ދެން އިން އެތިކޮޅު ނުނެގިފައި ވަނީ ވަދެފައިއިންލެއް ފުންކަމުންނެވެ. ހާލު ރަނގަޅުވުމުން އެއޮޕަރޭޝަން ކުރުމަށް ވަނީ ނިންމާފައެވެ.

މި މަހު އެއްވަނަ ދުވަހު ހިނގި އެހާދިސާ ތަހުގީގު ކުރަމުންދާއިރު އެނގެފައިވާގޮތުގައި އެކަން ހިނގީ ބަލިމީހަކު ގޮވައިގެން އައި ހެލިކޮޕްޓަރު ލޭންޑް ކުރުމުގެ ތެރެއިން އެ ސަރަހައްދުގައި ބައިންދާފައި އިން ސިޑިއެއްގައި ޖެހިގެންނެވެ.

comment ކޮމެންޓް