Sun Online
Ramadan 2017
އޯމް ޕޫރީ
އޯމް ޕޫރީ...

އޯމް ޕުރީގެ ބޮލަށް ގެއްލުން ލިބިފައިވާ ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފި

މި މަހުގެ ހަ ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި، ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އޯމް ޕޫރީގެ ބޮލުގައި ޒަޚަމެއް ހުރި ކަމަށް އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓުން ދައްކައިފި އެވެ.

އޯމް ޕޫރީ މަރުވީ ގުދުރަތީ މަރަކުން ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، ފުލުހުން ވަނީ އެ މަރު ތަހުގީގު ކުރަން ފަށައިފަ އެވެ. އަދި އޯމް ޕޫރީގެ ޕޯސްޓް މޯޓަމް ރިޕޯޓަށް ފަހު ކުރިން ނޭނގޭ ވާހަކަތަކެއް މިވަނީ ފެންމަތިވެފަ އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުން، އޯމް ޕޫރީގެ ބޮލުގައި ދޮޅު އިންޗު ފުން އަދި ހަތަރު ސެންޓި މީޓަރު ދިގު ޒަޚަމެއް އިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެއީ ކޮން ގޮތަކުން ލިބިފައިވާ ޒަޚަމެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އޯމް ޕޫރީ މަރުވުމުގެ ކުރިން، އެންމެ ފަހުން ވާހަކަ ދައްކާފައި ވަނީ އޭނާގެ ޑްރައިވަރާ އެވެ. އޭނާގެ ޑްރައިވަރު ބުނެފައި ވަނީ މަރުވި ދުވަހުގެ ކުރީ ރޭ އޯމް ޕޫރީ ވަރަށް ގިނަ މިންވަރަކަށް ބަނގުރާ ބޮއެފައިވާ ކަމަށެވެ.

"ސާ ބޭނުންވި އޭނާގެ ދަރިފުޅު އިޝާން އާ ބައްދަލު ކުރަން. އެކަމަކު އެކަން ވާގޮތެއް ނުވި. ރޭގަނޑު ހުރީ ވަރަށް އިމޯޝަނަލްކޮށް. އަހަންނަކަށް ހިއެއް ނުވޭ (އޯމް ޕޫރީގެ މަރާ މެދު) ޝައްކު ކުރަން ޖެހޭކަމެއް އޮތް ހެނެއް،" އޭނާ ބުނެފައިވެ އެވެ.

އޯމް ޕޫރީގެ ޖަނާޒާއަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން އޭނާގެ ކުރީގެ އަނބިމީހާ ސީމާ ކަޕޫރު ބުނީ، އޯމް ޕޫރީގެ މަރާ ގުޅިގެން އާއިލާ އިން އެއްވެސް ކަހަލަ ތުހުމަތެއް އަދި ޝައްކެއް ވެސް ނުކުރާ ކަމަށެވެ.

ގުޅޭ ޓެގު

ފިލްމީ ދާއިރާ
×
DB released.