ފިލްމްފެއާ އެވޯޑު: ތިން ޚާނުންގެ ކުރިމަތިލުމެއް

ފިލްމުފެއާ އެވޯޑުގެ ނޮމިނޭޝަން ލިސްޓު މިހާރު މި ވަނީ އިއުލާނުކޮށްފަ އެވެ. މިއީފަސްދޮޅަސް ދެ ވަނަ ފިލްމުފެއާ އެވޯޑެވެ. މި މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގައި ބާއްވަން ހަމަޖައްސާފައިވާ ފިލްމުފެއާ އެވޯޑު ހޯސްޓު ކުރާނީ ބޮލީވުޑްގެ ރަސްގެފާނު ޝާހު ރުކް ޚާން އެވެ.

ފިލްމުފެއާ އެވޯޑުގައި މިއަހަރު ހިންދީ ސިނަމާ އިން ފެނިގެން ދިޔަ އެންމެ މޮޅު ފިލްމުތަކާއި، އެކްޓިން، ޑައިރެކްޝަން، މިއުޒިކް އަދި އެނޫންވެސް ބައިތަކުން އެވޯޑުތައް ދެވިގެން ދާނެ އެވެ.

ފިލްމުފެއާ އެވޯޑުގެ ނޮމިނޭޝަންތަކަށް ބަލާއިރު، އެންމެ މޮޅު ފިރިހެން އެކްޓަރުގެ ކެޓަގަރީގައި އާމިރު ޚާން، ސަލްމާން ޚާން، އަދި ޝާހް ރުކް ޚާން ވެސް ވާދަ ކުރެ އެވެ. ތިން ޚާނުންނާ އެކު މެގަ ސްޓާ އަމީތާބް ބައްޗަން ވެސް ވަނީ މޮޅު އެކްޓަރު ކަމަށް ނޮމިނޭޓް ވެފަ އެވެ.

އަންހެން އެންމެ މޮޅު އެކްޓަރުގެ ބައިގައި ކުރި ހޯދާފައި ވަނީ އާލިއާ ބަޓް އެވެ. އޭނާ ވަނީ ދެ ފިލްމަކުން އެވޯޑަށް ނޮމިނޭޓް ވެފަ އެވެ.

މި އަހަރު އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައި ވަނީ ފިލްމު 'އުޅްތާ ޕަންޖާބް' އަދި 'އޭ ދިލް ހޭ މުޝްކިލް' އަށެވެ. ކޮންމެ ފިލްމަކަށް ވެސް ނުވަ ނޮމިނޭޝަން ވަނީ ލިބިފަ އެވެ. ހަތް ނޮމިނޭޝަން އާއެކު ދެން އެންމެ ގިނަ ނޮމިނޭޝަން ލިބިފައި ވަނީ ފިލްމު 'ސުލްތާން' އަށެވެ.

ފިލްމުފެއާގެ ނޮމިނޭޝަން ލިސްޓް:

އެންމެ މޮޅު ފިލްމު:

ދަންގަލް

ކަޕޫރް އެންޑް ސަންސް

ނީރްޖާ

ޕިންކް

ސުލްތާން

އުޅްތާ ޕަންޖާބް

އެންމެ މޮޅު ޑައިރެކްޓަރު

އަބީޝެކް ޗޯބޭ - އުޅްތާ ޕަންޖާބް

އަލީ އައްބާސް ޒަފަރު - ސުލްތާން

ކަރަން ޖޯހަރު - އޭ ދިލް ހޭ މުޝްކިލް

ނިތޭޝް ތިވާރީ - ދަންގަލް

ރާމް މާދްވާނީ - ނީރްޖާ

ޝަކުން ބަޓްރާ - ކަޕޫރް އެންޑް ސަންސް

އެންމެ މޮޅު އެކްޓަރު (ފިރިހެން)

އާމިރު ޚާން - ދަންގަލް

އަމީތާބް ބައްޗަން - ޕިންކް

ރަންބީރު ކަޕޫރު - އޭ ދިލް ހޭ މުޝްކިލް

ސަލްމާން ޚާން - ސުލްތާން

ޝާހް ރުކް ޚާން - ފޭން

ޝާހިދު ކަޕޫރު - އުޅްތާ ޕަންޖާބް

ސުޝާންތު ސިންގް ރާޖްޕުތު - އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ

އެންމެ މޮޅު އެކްޓަރު (އަންހެން)

އައިޝްވާރްޔާ ރާއި - ސަރްބްޖީތު

އާލިއާ ބަޓް - ޑިއާ ޒިންދަގީ

އާލިއާ ބަޓް - އުޅްތާ ޕަންޖާބް

އަނުޝްކާ ޝަރްމާ - އޭ ދިލް ހޭ މުޝްކިލް

ސޯނަމް ކަޕޫރު - ނީރްޖާ

ވިދްޔާ ބާލަން - ކަހާނީ 2

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން)

ދިލްޖީތު ދޯސަންޖް - އުޅްތާ ޕަންޖާބް

ފަވާދު ޚާން - ކަޕޫރު އެންޑް ސަންސް

ޖިމް ސަރްބް - ނީރްޖާ

ރަޖަތު ކަޕޫރު - ކަޕޫރު އެންޑް ސަންސް

ރާޖްކުމާރު ރާއޯ - އަލީގަރް

ރިޝީ ކަޕޫރު - ކަޕޫރު އެންޑް ސަންސް

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)

ކަރީނާ ކަޕޫރު - އުޅްތާ ޕަންޖާބް

ކިރްތީ ކުޅާރީ - ޕިންކް

ރަތުނާ ޕަތަކް ޝާހް - ކަޕޫރު އެންޑް ސަންސް

ރިޗާ ޗައްޑާ - ސަރްބްޖީތު

ޝަބާނާ އަޒްމީ - ނީރްޖާ

އެންމެ މޮޅު މިއުޒިކް އަލްބަމް

އާމާލް މަލިކް، ބާދްޝާހް، އަރްކޯ، ތަނިޝްކް ބަޖްޗީ، ބެނީ ދަޔާލް އެންޑް ނުކްލެޔާ - ކަޕޫރް އެންޑް ސަންސް

އަމިތު ތުރިވޭދީ - އުޅްތާ ޕަންޖާބް

މީޓް ބްރޯސް، އާމާލް މަލިކް، އަންކިތު ތިވާރީ، މަންޖް މިއުޒިކް - ބާގީ

ޕްރިތަމް - އޭ ދިލް ހެ މުޝްކިލް

ޝަންކަރް-އެހްސާން-ލޯއި - މިރްޒިޔާ

ވިޝާލް-ޝޭކަރް - ސުލްތާން

އެންމެ މޮޅު ލިރިކްސް

އަމީތާބް ބަޓަޗާރިޔާ - ޗަންނާ މޭރެޔާ (އޭ ދިލް ހޭ މުޝްކިލް)

ގުލްޒާރް - އާވޭ ރޭ ހިޗްކީ (މިރްޒިޔާ)

ގުލްޒާރް - މިރްޒިޔާ (މިރްޒިޔާ)

އިރްޝާދް ކާމިލް - ޖަގް ގޫމެޔާ (ސުލްތާން)

ކައުސަރު މުނީރް - ލަވް ޔޫ ޒިންދަގީ (ޑިއާ ޒިންދަގީ)

ޝިވް ކުމާރް ބަތަލްވީ - އިކް ކުޑީ (އުޅްތާ ޕަންޖާބް)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން)

އަމިތު މިޝްރާ - ބުލެޔާ (އޭ ދިލް ހެ މުޝްކިލް)

އަރިޖީތު ސިންގ - އޭ ދިލް ހެ މުޝްކިލް (އޭ ދިލް ހޭ މުޝްކިލް)

އަރިޖީތު ސިންގް - ޗަންނާ މޭރޭޔާ (އޭ ދިލް ހެ މުޝްކިލް)

އާތިފް އަސްލަމް - ތެރެ ސަންގް ޔާރާ (ރުސްތަމް)

ރާހަތު ފަތެ އަލީ ޚާން - ޖަގް ގޫމެޔާ (ސުލްތާން)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން)

ކަނިކާ ކަޕޫރު - ޑާ ޑާ ޑައްސޭ (އުޅްތާ ޕަންޖާބް)

ޖޮނިތާ ގަންދީ - ބްރޭކް އަޕް ސޯންގް (އޭ ދިލް ހޭ މުޝްކިލް)

ނީތީ މޯހަން - ސޯ އާސްމާން (ބާރް ބާރް ދޭކޯ)

ނޭހާ ބަސިން - ޖަގް ގޫމެޔާ (ސުލްތާން)

ޕަލަކް މުއްޗަލް - ކޯން ތުޖޭ (އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ)

ގުރްއަތުލް އައިން - ކާރި ކާރި (ޕިންކް)

comment ކޮމެންޓް