Sun Online
Eid Greetings - Maldives Post Eid Greetings - MRDC Eid Greetings - Allied Eid Greetings - Stelco
އިނގިރޭސި ލީގް ކަޕްގައި ރޭ ޔުނައިޓެޑް އާއި ހަލް ސިޓީ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ފެލައިނީ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ
އިނގިރޭސި ލީގް ކަޕްގައި ރޭ ޔުނައިޓެޑް އާއި ހަލް ސިޓީ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ދެވަނަ ގޯލު ފެލައިނީ ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ހަލް ސިިޓީ ބަލިިކޮށް ޔުނައިޓެޑުން ލީގްކަޕް ފައިނަލާ ގާތަށް

މުއާވިޔަތު އަންވަރު
ލިޔުނީމުއާވިޔަތު އަންވަރު

ސެމީ ފައިލަންގެ ފުރަތަމަ ލެގުގައި ހަލް ސިޓީގެ މައްޗަށް 0-2ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އިިނގިރޭސި ލީގްކަޕްގެ ފައިނަލާ ގާތަށް މެންޗަސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ސްވިިޑަން ފޯވާޑް ޒަލްޓަން އިބްރަހިމޮވިޗު ފިޔަވައި މުހިންމު ގިނަ ކުޅުންތެރިން ވަނީ ފުރަތަމަ 11ގައި ހިމަނާފައެވެ. އިބްރަހިމޮވިޗު ޓީމުން ބައިކީ ކުރީ ބަލިވެއުޅޭތީއެވެ.

ފުރަތަމަ ހާފުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އެއްވެސް ޓީމަކަށް ވަނީ ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ޔުނައިޓެޑަށް ލީޑު ނަގައިދިން ގޯލު ދެވަނަ ހާފްގެ 56 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ހުއާން މާޓާއެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޔުނައިޓެޑްގެ ލީޑު ފުޅާ ކޮށްދިން ގޯލު 89 ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ މައުރޯނޭ ފެލައިނީ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް ކަމަށާއި ދެވަނަ ހާފަށް ޓީމު ނެރުނީ ރަނގަޅު ކުރަން ހުރިވަރަށް ގިނަ ކަންކަން ފާހަގަކޮށްދިނުމަށްފަހު ކަމަށެވެ.

"ޓީމްގެ ފަރާތުން ފެނުނީ އެންމެ އެކަށީގެންވާ ރަނގަޅު ކުޅުމެއް ނޫން. ނަމަވެސް މޮޅުވުމުން ހިތް ހަމަޖެހޭ. ފައިނަލަށް ދާން ބޭނުން ނަމަ ކުޅުން ޖެހޭ ވަރަށް ބޮޑަށް ރަނގަޅު ކުރަން،" މޮރީނިއޯ ބުންޏެވެ.

މިމަހުގެ 27 ގައި ހަލްސިޓީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގްގެ މެޗުގެ ކުރިން އަންނަ އާދިއްތަ ދުވަހު ޔުނައިޓެޑުން ލިވަޕޫލާ ދެކޮޅަށް ނުކުންނާނެއެވެ. ލީގް ކަޕްގެ ފައިނަލަށް ޔުނައިޓެޑް ދަތުރުކޮށްފި ނަމަ އެ ޓީމާ ދެކޮޅަށް ނުކުންނާނީ ދެވަނަ ސެމީ ފައިނަލްގައި ލިވަޕޫލް އާއި ސައުތުއެމްޓަން ކުޅެ ދެލެގުން ކުރިލިބޭ ޓީމަކާއެވެ.

×
DB released.