އޭޝިއާ ސްވިމިން ފެޑަރޭޝަން (އޭއޭއެސްއެފް)ގެ ޓެކްނިކަލް ސްޓޭންޑިން ކޮމިޓީތަކުގެ ގޮނޑިތަކުގެ ތެރެއިން ދެ ގޮނޑި ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، އޭޝިއާ ބައްރުގެ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމްޢިއްޔާއިން 2020 ވަނަ އަހަރާ ހަމައަށް ނަގާފައިވާ މި ކޮމިޓީތަކުގެ ތެރެއިން، ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ހޮވިފައިވާ ކަމަށެވެ.
އޭއޭއެސްއެފްގެ ފައިނޭންސް އެންޑް މާކެޓިން ކޮމިޓީގެ މެންބަރަކަށް، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޙަޒާންދާރު، ޢަލީ ޝަމީމް ހޮވިފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިތުރުން އޮލިމްޕިކް ކައުންސިލް ފޯ އޭޝިއާގެ ސްޕޯޓްސް ފޮރ އޯލް ކޮމިޓީގެ މެންބަރެކެވެ.