ސްނެޕްޗެޓްގެ ބައިނަލްއަގުވާމީ ހެޑްކުއާޓަރެއް ލަންޑަންގައި ގާއިމްކޮށްފި

މަޝްހޫރު ސޯޝަލް މީޑިއާ އެޕް، ސްނެޕް ޗެޓްގެ ހެޑްކުއާޓަރެއް ލަންޑަނުގައި ގާއިމްކޮށްފި އެވެ.

ސްނެޕްޗެޓް ހިންގާ ކުންފުނިން ބުނި ގޮތުގައި އެ ހެޑްކުއާޓަރަކީ، ސްނެޕްޗެޓްގެ އުފަން ގައުމުކަމުގައިވާ އެމެރިކާއާ އެއްވެސް ވަރެއްގެ ގުޅުމެއް ނޯންނާނެ ތަނެކެވެ. އިނގިރޭސި ވިލާތުގައި ހެޑްކުއާޓަރެއް ގާއިމް ކުރި އިރު، ޓެކްސް ދައްކަން ޖެހޭތީ އެ ކުންފުނިން ވަނީ ބައެއް ގައުމުތަކުގައި ހެޑްކުއާޓަރު ގާއިމް ކުރުމުގެ ވިސްނުން ދޫކޮށްލާފަ އެވެ. ނަމަވެސް ލަންޑަނުގައި ގާއިމްކުރާ ހެޑްކުއާޓަރުގެ ސަބަބުން އެގައުމުގެ ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ޓެކްސްތައް ދައްކާނެއެވެ.

އެ ކުންފުނިން ލަންޑަނުގައި ގާއިމު ކުރި އެ ހެޑްކުއާޓަރަކީ މީގެ ކުރިން އެ ގައުމުގައި ހުރި ސްނެޕްޗެޓުގެ އޮފީހެވެ. އެތަން ހެޑްކުއާޓަރަކަށް ބަދަލު ކުރީ އިއްޔެ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަން އިނގިރޭސިވިލާތަކީ އުފެންދުންތެރިން ތިބި، އެ ދާއިރާއިން ކުރިއަރާފައިވާ ގައުމެއް ކަމަށް. އެޑްވަޓައިޒިން ކްލައިންޓުން ތިބީ އިނގިރޭސި ވިލާތުގަ. މިތަނުގައި ދުވާލެއްގެ މައްޗަށް ސްނެޕް ކުރާ 10 މިލިއަނަށްވުރެ ގިނަ މީހުން ތިބޭ،" އިނގިރޭސި ވިލާތުގައި ހުންނަ ސްނެޕް ގްރޫޕުގެ ޖެނެރަލް މެނޭޖަރު، ކްލެއާ ވަލޯޓީ ވިދާޅުވިއެވެ.

ސްނެޕް ޗެޓަކީ ދުނިޔެއަށް މަޝްހޫރު ޗެޓިން އެޕްލިކޭޝަނެކެވެ. މި އެޕް ބޭނުން ކުރާ މީހުންގެ އަދަދު ދުނިޔޭގައި ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް