Sun Online
Ramadan 2017
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު އަށް މިލިއަނަށް އަރާނެ ކަމަށް ދިރާސާއަކުން ދައްކާ -- ފޮޓޯ: ރޮއިޓާސް
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު އަށް މިލިއަނަށް އަރާނެ ކަމަށް ދިރާސާއަކުން ދައްކާ -- ފޮޓޯ: ރޮއިޓާސް ...

ދުންފަތުގެ ސަބަބުން އަހަރަކު އަށް މިލިއަން މީހުން މަރުވޭ: ދިރާސާ

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ދެހާސްތިރީސް އަންނަންވާ އިރަށް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު އަށް މިލިއަނަށް އިތުރުވާނެ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި އެމެރިކާގެ ނެޝަނަލް ކެންސަރު އިންސްޓިޓިއުޓް (އެންސީއައި) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެ ދިރާސާގައިވާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވާ ގިނަ މީހުން ނިސްބަތްވަނީ ކުޑަ އަދި މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށެވެ.

"ދެހާސް ތިރީސް އަންނަންވާ އިރަށް، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ހަ މިލިއަނުން އަށް މިލިއަނަށް އިތުރުވާނެ. އޭގެ ތެރެއިން 80 ޕަސެންޓް މީހުން ނިސްބަތްވާނީ ކުޑަ އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް،" ދިރާސާގައިވެ އެވެ.

މީގެ އިތުރުން ދުންފަތާ ގުޅުން ހުރި މައްސަލަތަކުގެ ސަބަބުން ސިއްހީ ދާއިރާއިން ކޮންމެ އަހަރަކު އެއް ޓްރިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ ކަމަށްވެސް އެދިރާސާގައިވެއެވެ. އަދި ދުންފަތުން ލިބޭ އިގުތިސާދީ ގެއްލުން ބޮޑުވަމުން ދިޔަ ނަމަވެސް، އަދި ދުންފަތް ބޭނުން ކުރުމާއި އޭގެ ސަބަބުން މީހުން މަރުވުން ހުއްޓުވެން އޮތް ނަމަވެސް ދުންފަތާ ދެކޮޅަށް ފިޔަވަޅު އަޅަން ސަރުކާރުތަކުން ނުކުޅެދިފައިވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

"ދުންފަތް ކޮންޓްރޯލް ކުރުމުގެ ސަބަބުން އިގުތިޞާދަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ސަރުކާރުތަކުން ލަފާ ކުރޭ. ނަމަވެސް އެގޮތަށް ވާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް. ސައިންސުން އެކަން ސާފު. ފިޔަވަޅު އަޅަންވީ މިހާރު،" 688 ޕޭޖުގެ ދިރާސާ ރިޕޯޓުގައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް:

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މާބޮޑު ހަރަދަކާ ނުލައި ސަރުކާރުތަކުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އަގާއި އޭގެއިން ނަގާ ޓެކްސް އިތުރުކުރުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސިޔާސަތުތައް ހެދުން، ދުންފަތް އިސްތިހާރު ކުރުން މަނާ ކުރުން އަދި ސިނގިރެޓު ފަދަ ފޮށީގައި އޭގެ ސަަބަބުން ލިބޭ ނުރައްކާތައް ފޮޓޯއާއެކު ސާފުކޮށް ލިޔުން ހިމެނެ އެވެ.

މީގެ އިތުރުން ދުންފަތާ ދެކޮޅު މީޑިއާ ކެމްޕޭންތަކާއި ދުންފަތް ބޭނުން ކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީ އާއި ފަރުވާ ފޯރުކޮށްދިނުމަށް ދުންފަތުން ނަގާ ޓެކްސް ބޭނުން ކުރެވިދާނެއެވެ. (ރޮއިޓާސް)

×
DB released.