Sun Online
ސައިންސާއި ޓެކްނޯލޮޖީ

ދުނިޔެއާ ދިމާލަށް ދެ ގިނިހިލަ، އެކައްޗާ މެދު ޝައްކު!

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ޖައްވުގައި ދަތުރުކުރަމުންދާ ދެ ގިނިހިލައެއް، ދުނިޔެއާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ނާސާއިން ބުނެފިއެވެ. އެހެން ނަމަވެސް، އޭގެ ތެރެއިން އެއް ހިލައަކީ ކޮން އެއްޗެއް ކަމާ މެދު ސައިންސްވެރިންވެސް ތިބީ ޝައްކެއްގައެވެ.

ނާސާއިން ބުނާ ގޮތުގައި، ދުނިޔެ ހިމެނޭ އިރަވީ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ދުރުން އުފެދުނު ކޮމެޓެއް، މި ހަފްތާގެ ތެރޭގައި ދުނިޔެއާ ވަރަށް ގާތް ވާނެއެވެ. ދުނިޔެއާ 106 މިލިޔަން ކިލޯމީޓަރު ކައިރިން މި ކޮމެޓު ދަތުރުކުރާ އިރު، އެ ކޮމެޓު ދަތުރުކުރާ މަންޒަރު ދުނިޔެއަށް ވެސް ފެންނާނެއެވެ.

އެހެން ނަމަވެސް، ޝައްކު އުފެދެނީ ދެވަނަ ހިލައެއްގެ ވާހަކައިންނެވެ. ދާދި ފަހުން ސައިންސްވެރީންގެ ލޮލުގައި އަޅައިގަތް، 2016 WF9 ނަމަކަށް ކިޔާ މި ހިލަގަނޑަކީ ކޮމެޓެއް ކަމެއް، ނުވަތަ އެސްޓަރޮއިޑެއް ކަމެއް ސައިންސްވެރިންނަކަށް ނޭނގެއެވެ. މި ހިލަގަނޑު، މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު، ދުނިޔެއާ ގާތްގަނޑަކަށް 51 ކިލޯމީޓަރު ކައިރިން ދަތުރުކުރާނެއެވެ. މިއީ މި ހަފްތާގައި ފެންނާނެ ކޮމެޓަށް ވުރެ ވެސް ގާތެވެ.

އެހެން ނަމަވެސް 2016 WF9 ނަމުން ނަން ދީފައިވާ، ހަގީގަތް ނޭނގޭ މި ހިލަގަނޑަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ނޫން ކަމަށް ނާސާއިން ބުނެއެވެ.

ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ ވަށަމިން ހުރި މި ހިލަގަނޑު ހުންނަނީ ކޮމެޓެއް ހެންނެވެ. ކޮމެޓެއް ފަދައިން ރިފްލެކްޓިވް އަލި އަދި ތަކެތި ވަށައިގެން ދަތުރުކުރެއެވެ. އެހެން ނަމަވެސް، ކޮމެޓެއްގެ ގޮތުގައި އެއްޗެއް ބެލެވުމުގައި ފުރިހަމަވާންޖެހޭ ޝަތުރު ކަމުގައިވާ، ހިލައާ އެކު އޮންނަ ހިރަފުހާއި ގޭހުގެ ބައެއް އޭގައި ނެތެވެ.

×
DB released.