ގިނަ އަދަދެއްގެ ޑޮލަރު ހިފައިގެން ފުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި

ޖެނުއަރީ 1، 2017، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ނަން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް" ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގިނަ އަދަދެއްގެ ފައިސާތަކަކާ އެކު ފުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނު 6:25 އެހައިކަންހާއިރު ގިނަ އަދަދެއްގެ ފައިސާއާ އެކު ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގެ މީހެއް ކަމަށެވެ.

އުމުރުން 33 އަހަރުގެ އެ ބިދޭސީ މީހާގެ އަތުން 86،000 އަށް ވުރެ ގިނަ ޑޮލަރާއި 2،400 ޔޫރޯ އާއި 2000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލު ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

comment ކޮމެންޓް