Sun Online
މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިން ފެނުން:  ވިލުފުއްޓަށް ނިސްބަތްވާ އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 40 އަހަރެ. އަދި ފިރިހެން މީހާގެ އުމުރަކީ 50 އަހަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިން ފެނުން: ވިލުފުއްޓަށް ނިސްބަތްވާ އެ ދެ މީހުންގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 40 އަހަރެ. އަދި ފިރިހެން މީހާގެ އުމުރަކީ 50 އަހަރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެމަފިރިންގެ ފަހުބަސް އިވުނު މީހާގެ ވާހަކަ، ފަހުވަގުތު ދެއްކީ ހައްޖުގެ ވާހަކަ!

  • ދެމަފިރިންގެ ކަށު ނަމާދު މެންދުރު ނަމާދަށްފަހު
  • ހައްޖަށް ދިއުމަށް އޮތީ ފައިސާ ދައްކާފަ
  • ދެމަފިރިންގެ ހަށިގަނޑުގެ ބޭރުފުށުން ގެއްލުމެއް ފެންނާކަށްނެތް
އަހުމަދު ސާއިލް އަލީ
ލިޔުނީއަހުމަދު ސާއިލް އަލީ

މ. ލައިޓް ސިގްނަލް ގޭގައި މަރުވެފައި ތިއްބައި ފެނުނު ދެމަފިރިންކަމަށްވާ ތ. ވިލުފުށީ، ގާސިމް ޝާހިދު، 47، އަދި ރަޒީނާ އިބްރާހިމް، 42، އަކީ ލޯބިން ދިރިއުޅުނު ދެމަފިރިންނެވެ. އާއިލާއާއި އެ ދެމަފިރިން ދައްނަ އެހެން މީހުންގެ ފަރާތުން ވެސް މައުލޫމާތު ލިބޭ ގޮތުން އެއީ އަހުލާގް ރަނގަޅު ދީނަށް ލޯބިކުރާ ދެމަފިރިންނެވެ. އެ ދެމަފިރިން ކުއްލި ގޮތަކަށް މަރުވެފައި ވަނީ ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަންއަށް ފައިސާ ވެސް ދައްކާފައިވަނިކޮށެވެ.

ރަޒީނާ އާއި އެއްބަނޑު އެއްބަފާ ބޭބެ ސުލައިމާން ހަބީބް، ބުނި ގޮތުގައި އެދެމަފިރިން ނިޔާވި ރޭ 10:30ގައި ރަޒީނާ އޭނާއަށް ގުޅި އެވެ. ގުޅައި މުޅިންހެން ދެއްކީ މި އަހަރު ހައްޖަށް ދިއުމަށް 70 ޕަސެންޓް ފައިސާ ދައްކާފައިވާ އިރު އޭގެ ބާކީ އިއްޔެގައި ދައްކައި ހުރިހާ ކަމެއް ހަމަޖައްސާނެ ކަމުގެ ވާހަކަ ކަމަށެވެ.

"ހައްޖަށް ދާން އުޅުނީ އަޅުގަނޑާއި ނިޔާވި ދެމަފިރިންނާއި ނިޔާވި ފިރިހެން މީހާގެ ކޮއްކޮއާއި ހަތަރު މީހުން، އެކަން ހަމަޖައްސާ ވާހަކަ ދެއްކީ،" ބެލެވޭ ގޮތުން ރަޒީނާގެ ފަހު ފޯންކޯލުން ދެއްކި ވާހަކަ ހިއްސާ ކުރަމުން ބޭބެ ބުންޏެވެ.

އެފޯނު ކޯލަށް ފަހު ރަޒީނާގެ ހަބަރެއް ނުވާ ކަމަށް ހަބީބް ބުންޏެވެ. އިއްޔެ ހަބީބުއަށް ދެން ފޯން ކުރީ އެގޭގައި ދިރިއުޅޭ ހަބީބުމެންގެ ކޮއްކޮއެވެ. ފޯނު ކުރުމަށް ފަހު ބުނީ އެދެމަފިރިން ހޭނުލާ ކަމަށެވެ.

"އަޅުގަނޑު ބުނިން އެމީހުން ނިދާފައި ކަމަށް ނުބަލާށޭ، އެމީހުންނަކީ ބަރާބަރަށް ފަތިސް ނަމާދު ކުރާބައެއް، އެކަކު ވެސް ހަބަރުނުވުން އެއީ މައްސަލައެކޭ އެހެންވެ ވަދެ ބަލާށޭ އަޅުގަނޑު ބުނީ،" ހަބީބް ބުންޏެވެ.

ހަބީބުގެ ކޮއްކޮ މެދުވެރިކޮށް ތަޅުދަނޑިން ކޮޓަރި ހުޅުވައި ބެލި އިރު އެދެމަފިރިންގެ ހަރަކާތެއްނެތެވެ. އެއީ އެއާއިލާއަށް އެދެމަފިރިން މަރުވިކަން އެނގުނު ގޮތެވެ.

ހަބީބު ބުނި ގޮތުގައި އިތުރަށް ހަދާ ޓެސްޓްތައް ހަދާ ނުނިމެނީސް އެ މަރުގެ ހަގީގަތް ބުނަން ނޭނގެ އެވެ. އެދެމަފިރުންގެ އެއްވެސް ސިއްހީ މައްސަލައެއް އުޅޭކަށް މިހާތަނަށް އެނގިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އެކަންތައް ތަހުގީގު ކުރާ ފުލުހުންގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ އެދެމަފިރިންގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށާއި އެ ދެމަފިރިން ތިބި ކޮޓަރިއަށް ބަޔަކު ގަދަކަމުން ވަދެފައިވާކަން ވެސް ފާހަގަވެފައި ނުވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެދެމަފިރިންތިބި ކޮޓަރިއަށް ބަޔަކު ގަދަކަމުން ވަދެފައި އިން ކަމަށް ވެސް ފާހަގައެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަރުވި ދެމަފިރިންގެ ހަށިގަނޑު މިވަގުތު އޮތީ އިތުރު ތަހުގީގު ކުރުމަށް ޓަކައި މޯޗަރީގައި ކަމަށާއި ތަހުގީގާ ގުޅޭ ރަސްމީ ބަހެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

މިއަދު މެންދުރު ނަމާދަށްފަހު އެދެމަފިރިން ވަޅުލަން ވަނީ ނިންމާފައެވެ. ކަށުކަމާކެމީގެ ކަންކަން އޮތީ އާސަހަރާ މިސްކިތުގައެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ ވަކިއެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

މަރުވި އިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާއި ގްރޭޑް 10 ނިމިފައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ. ދޮށީ ފިރިހެން ދަރިފުޅު އުޅެނީ އައިލެންޑް އޭވިއޭޝަންގަ އެވެ. އެކުދިންގެ ކަންކަން އެއާއިލާއިން ދަނީ ބަލަހައްޓަމުންނެވެ.

infinity loading...
×
DB released 01.