ފުވައްމުލަކު ދަނޑިމަގު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ ސައިކަލު އަންދާލައިފި

މުނީރުގެ ސައިކަލު ބަޔަކު އަންދާލާފައި --- ފޮޓޯ// ޓްވިޓަ

ފުވައްމުލަކު ދަނޑިމަގު ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުނީރު ހަސަންގެ ސައިކަލަށް ބަޔަކު ގެއްލުންދީ އަންދާލައިފި އެވެ.

މުނީރު 'ސަން' އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ސައިކަލު ބެހެއްޓި ތަނުގައި ހޭލާފައި ބެލި އިރު ސައިކަލު ނެތް ކަމަށެވެ. ސައިކަލު ފެނުނީ ފަޅު ގެއެއްގެ ތެރޭގައި އަންދާލައި ހުއްޓައި ކަމަށް މުނީރު ވިދާޅުވި އެވެ.

މީގެ ކުރިން ދެ މީހަކު "ވިސްނައިގެން ހުންނަން ބުނެ، އިންޒާރު ދިން" ކަމަށް މުނީރު ވިދާޅުވި އެވެ.

އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް