ކޮލެސްޓްރޯލް ދަށް ކުރުމަށް ފެހިކުލަ ގަދަ ބުއިންތައް!

ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު އިތުރުވުމަކީ އޭގެ ސަބަބުން ލޭ ހޮޅިތައް ބެދި، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. ކޮލެސްޓްރޯލް ލެވެލް ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް ކުރެވިދާނެ އެންމެ މުހިއްމު ކަމަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް، އެކަށީގެންވާ މިންވަރަކަށް ހިމެނޭ ކާނާ ނުވަތަ ބެލެންސްޑް ޑައިޓެއް ބޭނުން ކުރުމެވެ. އެފަދަ ޑައިޓެއް ގެންގުޅެވޭކަން ޔަގީން ކުރުމަށާއި ބަރުދަން އިތުރު ފަރާތްތަކުގެ ބަރުދަން ލުއި ކުރުމަށް ފެހި ކުލަ ގަދަ ބުއިންތައް ބޭނުން ކުރުވިދާނެ އެވެ. އެގޮތުން ބޭނުން ކުރެވިދާނެ ބައެއް ބުއިންތަކުގެ ތެރޭގައި:

ގްރީން ކެރޮޓް ޖޫސް

2 ކެރެޓް

2 ފެހި އާފަލު

ދެ ސެލެރީ

ހުރިހާ އެއްޗެއް އެއްކޮށް ޖޫސާއަކަށް އެޅުމަށް ފަހު ކޮންމެ ދުވަހަކު ބޭނުން ކުރާށެވެ.

ސްޕައިސީ ސިޓްރަސް ގްރީން ޖޫސް

ދެ ފެހި އާފަލު

ދެ ކެޕްސިކަމް

ތިން ސެލެރީ

އެއް ލުނބޯ

އާފަލު، ކެޕްސިކަމް އަދި ސެލެރީ ޖޫސާއެއްގައި އެއް ކުރުމަށް ފަހު އޭގެ ތެރެއަށް ލުނބޯ ހުތް އަޅައިގެން ކޮންމެ ދުވަހަކު ބޭނުން ކުރާށެވެ.

ފްރުޓީ ޖިންޖާ ޖޫސް

ތިން ފެހި އާފަލު

އިނގުރުކޮޅެއް

ހަތަރު ސެލެރީ

އެއް އޮރެންޖް

ލުނބޯ ފަޅިއެއް

އަނެއްކާވެސް ޖޫސާއެއް ބޭނުންކޮށްގެން ހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ބޭނުންކުރާށެވެ.

ވެރީ ގްރީން ޖޫސް

ތިން ފެހި އާފަލު

އިނގުރު ކޮޅެއް

އެއް ކިއުކަމްބާ

އެއް ބޮޑު ލުނބޯ

ދެ ސެލެރީ

މިހުރިހާ އެއްޗެއް ޖޫސާއަކަށް އަޅާ އެއްކޮށްލުމަށް ފަހު ބޭނުން ކުރާށެވެ. މިއަދަދަށް ތަކެތި ބޭނުން ކުރުމުން ދެމީހަކަށްވާ ވަރަށް ޖޫސް ގިރޭނެ އެވެ.

comment ކޮމެންޓް