މާވެޔޮ މަގުގައި ހުރި ގެއެއްގައި ދެމަފިރިއަކު މަރުވެފައި ތިއްބައި ފެނިއްޖެ

މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ގޭގެއިން ޚަބަރު ހުސްވެފައިވާ ދެމަފިރިން އެމްބިއުލާންސަށް އަރުވަނީ --- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ހުރި ގެއެއްގައި ދެމަފިރިއަކު މަރުވެފައި ތިއްބައި ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށްް ވިދާޅުވީ މާވެޔޮ މަގުގައި ހުރި ގެއެއްގައި ދެމަފިރިއަކު ޚަބަރު ހުސްވެފައި ތިއްބައި ފެނިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ދެމަފިރިން ވަނީ މަރުވެފައިކަން ސަން އަށް ވަނީ ކަށަވަރުވެފައެވެ.

ޖެނުއަރީ 8، 2017: މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ގޭގެއިން މަރުވެފައި ތިބި ދެމަފިރިންގެ އާއިލާގެ މީހުން އެ ސަރަހައްދަށް ޖަމާވެފައި، އަދި އަމަން ބެލެހެއްޓުމުގައި ސިފައިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ދެމަފިރިން ނިދަން ވަން ގޮތަށް ޚަބަރެއް ނުވުމުން ފުލުހުންނަށް ރިޕޯޓު ކުރީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އެ ދެމަފިރިން ތިބީ މަރުވެފައިކަން ޔަގީން ކޮށް ބުނަން ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

މ. ލައިޓް ސިގްނަލް ގޭގެ ތިރީގައި އައިޖީއެމްއެޗްގެ އެމްބިއުލެންސްވެސް އެބައޮތެވެ. އަދި އެގޭ ތެރޭގައި ޑޮކްޓަރުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މާވެޔޮ މަގުގައި ހުރި މ. ލައިޓް ސިގްނަލް ގޭގެއިން ޚަބަރު ހުސްވެފައިވާ ދެމަފިރިން އެމްބިއުލާންސަށް އަރުވަނީ --- ސަން ފޮޓޯ: އަހުމަދު ޝަރުވާން

އެ ދެމަފިރިންނަކީ ވެސް ވިލުފުއްޓަށް ނިސްބަތްވާ ދެ މީހުން ނެވެ.

އެ ދެ މީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

މާވެޔޮ މަގުގައި ހުރި ގެއެއްގެ ތެރޭން މަރުވެފައި ތިބި ދެމަފިރިން ފެނިގެންް ފުލުހުންގެ ފޮރެންސިކް މީހުން ވަނީ އެމީހުން އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. މަރުވެފައި ތިއްބާ ފެނުނީ ތ. ވިލުފުށީ، ގާސިމް ޝާހިދު، 50 އަދި ރަޒީނާ އިބްރާހިމް، 40 އެވެ.

މަރުވިއިރު އެދެމަފިރިންގެ ގްރޭޑް އެކެއްގައި އުޅޭ އަންހެން ކުއްޖަކާ، ގްރޭޑް 10 އެއް ނިމިފައި ތިބި ދެ ފިރިހެން ކުދިން ތިއްބެވެ.

comment ކޮމެންޓް