ހަތް މަހުގެ ތުއްތު ކުއްޖެއްގެ ބޮލުން 3.7 ލީޓަރުގެ "ފެން" ނަގައިފި

ހަތް މަހުގެ މުރިތްޔުންޖޭއަށް ވަނީ ހައިޑްރޯސެފަލަސް ކިޔާ ކޮންޑިޝަންއެއް ޖެހިފައި--

ސިކުނޑި އާއި ސްޕައިނަލް ކޯޑް ރައްކާތެރިކޮށް ދޭ ސެރެބްރޯސްޕައިނަލް ފްލުއިޑް ބޮލުގައި އިތުރުވުމަށް ކިޔާ ކޮންޑިޝަންއެއް ކަމަށްވާ ހައިޑްރޯސެފަލަސްގެ ޝިކާރައަކަށްވެފައިވާ ހަތް މަހުގެ އިންޑިއާގެ އަންހެން ކުއްޖެއްގެ ބޮލުން 3.7 ލީޓަރުގެ "ފެން" ނުވަތަ ފްލުއިޑް ނަގައިފި އެވެ.

މީގެ ކުރިން 96 ސެންޓިމީޓަރު ބޮލުގައި ހުރި މުރިތްޔުންޖޭގެ ބޯ ވަނީ އޮޕަރޭޝަނަށް ފަހު 70 ސެންޓިމީޓަރަށް ކުޑަވެފައި ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި ރަންޕޫރު ސްޓޭޓަށް ނިސްބަތްވާ އެކުއްޖާގެ ބޮލުގެ ނާށިގަނޑުގެ ޝޭޕް ރަނގަޅު ކުރުމަށް ވަރަށް އަވަހަށް ކްރެނިއޯޕްލާސްޓީ ކިޔާ ސާޖަރީއެއް ހަދާނެ ކަމަށް ބުވަނޭޝަވަރުގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އޭއައިއައިއެމްއެސް) އިން ބުނެ އެވެ.

އޮޕަރޭޝަނަށް ފަހު މުރިތްޔުންޖޭގެ ބޮލުގެ ބޮޑުމިން ވަނީ 96 ސެންޓިމީޓަރުން 70 ސެންޓިމީޓަރަށް ކުޑަވެފައި --

"އެ ކުއްޖާ އެޑްމިޓް ކުރީ ނޮވެމްބަރު 20ގައި. އޭރު ކުއްޖާގެ ބޮލުގައި 5.5 ލީޓަރުގެ ފްލުއިޑް ހުރި. އެކްސްޓާނަލް ވެންޓްރިކިއުލާ ޑްރެއިނޭޖް ބޭނުންކޮށްގެން 3.7 ލީޓަރުގެ ފްލުއިޑް ވަނީ ނަގާފައި. މިހާރު ބޮލުގެ ބޮޑުމިން ވަނީ 96 ސެންޓިމީޓަރުން 70 ސެންޓިމީޓަރަށް ކުޑަވެފައި،" އޭއައިއައިއެމްއެސްގެ ސުޕްރިޓެންޑެންޓް ޑރ. ޑިލިޕް ޕަރިދާ ވިދާޅުވި އެވެ.

އެއޮޕަރޭޝަނުގެ އަގަކީ 7،377 ޑޮލަރު ކަމަށްވީ ނަމަވެސް އޭއައިއައިއެމްއެސް މުރިތްޔުންޖޭއަށް ފަރުވާ ދީފައި ވަނީ ހިލޭ އެވެ.

އޭއައިއައިއެމްއެސްގެ ޑޮކްޓަރުންނާއެކު މުރިތްޔުންޖޭގެ މައިންބަފައިން --

މުރިތްޔުންޖޭގެ މައިންބަފައިން ކަމަށްވާ ކަމިލޭޝް އާއި ކަވިތާ ދަސް ބުނި ގޮތުގައި އިންޑިއާގައި އެއާއިލާ ދިރިއުޅޭ ސަރަހައްދުގެ މީހުން ވަނީ އެމީހުންގެ ދަރިފުޅަށް މަލާމާތްކޮށް، "ހަންޑި ކުއްޖާ" ފަދަ ތަފާތު ނަންތައް މުރިތްޔުންޖޭއަށް ކިޔާފަ އެވެ. ނަމަވެސް އޮޕަރޭޝަނަށް ފަހު އަވަށްޓެރިންގެ ހިޔާލު ބަދަލުވެ، މުރިތްޔުންޖޭއަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ.

comment ކޮމެންޓް