ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ

ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހެންވޭރުގައި ހުރި ކާޕެންޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

ހެންވޭރު ރޯޝަނީ މަގުގެ ގޯޅިއެއްގެ ތެރޭގައި ހުރި ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ އިރު އޮއްސި 6:35 ކަންހާއިރު، ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމަކާއި ފުލުހުން ގުޅިގެން ވަނީ، އަލިފާން ކޮންޓްރޯލްކޮށްފައެވެ.

ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ ނޫސްވެރީން ބުނީ، އަލިފާނުގެ ހާދިސާ ހިނގީ ދެބުރިއަށް (ޑެކްއަޅައިގެން) ހަދާފައިވާ އެ އިމާރާތުގެ ތިރީގައި (ޑީއެފް ކާޕެންޓްރީ)ގައި އެކަނި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑީއެފް ކާޕެންޓްރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް މިރޭ 'ސަން' އަށް ވިދާޅުވީ، އެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިރޭ 18:35 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ އެތަނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ނޭނގޭ ކަމަށާއި، ރޯވެފައިވަނީ އެތަނުގައި ހުރި ލަކުޑި ތަކެއްގައި ކަމަށެވެ. އަދި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

DB released.