އިންސާނާގެ ހަށިގަނޑުން އާ ގުނަވަނެއް ހޯދައިފި

ކުޑަ ގޮހޮރާއި ބޮޑު ގޮހޮރުގެ މެސެންޓްރީގެ ޑިޖިޓަލް ރިޕްރެޒެންޓޭޝަނެއް -- ފޮޓޯ: ޕްރޮފެސަރު ކޮފޭ

އަޔަލޭންޑުގެ ޕްރޮފެސަރަކު، އިންސާނާގެ ހަޖަމުގެ ނިޒާމުން އާ ގުނަވަނެއް ހޯދައިފި އެވެ.

ޔުނިވާސިޓީ ހޮސްޕިޓަލް ލިމެރިކްގެ ޕްރޮފެސަރު އޮފް ސާޖަރީ ޖޭ ކެލްވިން ކޮފޭ ވިދާޅުވި ގޮތުގައި މެސެންޓްރީގެ ނަން ދީފައިވާ އެ ގުނަވަނުގެ މަސައްކަތް އަދި ނޭނގުނު ނަމަވެސް އާގުނަވަނުގެ ސަބަބުން "ސައިންސުގެ މުޅިން އާ ދާއިރާއެއް" ހުޅުވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕްރޮފެސަރު ކޮފޭ ވިދާޅުވި ގޮތުގައި އެހެން ގުނަވަންތައް ފަދައިން އެ ގުނަވަނު އިތުރަށް ދިރާސާ ކުރުމުން ބަނޑުގެ ގުނަވަންތަކަށް ޖެހޭ ބަލިތަކުގެ ތެރެއިން އެގުނަވަނާ ގުޅުން ހުރި ބަލިތައް ހޯދޭނެ އެވެ.

"އޭގެ އެނެޓޮމީ އާއި ސްޓްރަކްޗާ މިހާރު އެނގޭ. ދެން އޮތީ އޭގެ މަސައްކަތް. އޭގެ މަސައްކަތް އެނގުމުން އޭތި ރަނގަޅަށް މަސައްކަތް ނުކުރުމުން އެނގޭނެ. ދެން (އޭގެ ސަބަބުން ޖެހޭ) ބަލިތައް އެނގޭނެ. އެ ހުރިހާ އެއްޗެއް އެއްކުރުމުން އެހުޅުވުނީ މެސެންޓްރިކް ސައިންސް ކިޔާ އާ ފީލްޑެއް،" ޕްރޮފެސަރު ކޮފޭ ވިދާޅުވި އެވެ.

ޕްރޮފެސަރު ކޮފޭގެ ހޯދުންތައް މިހާރު ވަނީ މެޑިކަލް ޖާނަލް، ދި ލާންސެޓްގައި ޝާއިއުކޮށްފައެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް