މީޑިއާނެޓްގެ ޕެކޭޖުތަކަށް ބަދަލުތަކެއް ގެނެސްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ މީޑިއާ ނެޓުގެ ޕެކޭޖުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

މީޑިއާ ނެޓުން މިއަދު ބުނީ، މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ކޭބަލް ޓީވީ ޕެކޭޖުތައް އަޕްގްރޭޑު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ދައްކަމުންދާ ބައެއް "ސްޓެންޑާޑް ޗެނަލް"ތައް "ހައި ޑެފިނިޝަން ޗެނަލް"ތަކަށް ބަދަލު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ހަމަ އެކަނި މާލެ ސަރަހައްދުގެ ޕެކޭޖުތަކަށް އަންނަ ބަދަލުތައް:

  1. ފެމިލީ ޕްލަސް ޕެކޭޖުގައި ހިމެނޭ ފޮކްސް އެޗްޑީ ޗެނަލް ބޭސިކް ޕްލަސް ޕެކޭޖަށް އަށް ބަދަލު ކުރުން
  2. މޫވީސް ޕްލަސް ޕެކޭޖުގައި ހިމެނޭ އެފްއެކްސް އެޗްޑީ ޗެނަލް ފެމިލީ ޕްލަސް ޕެކޭޖަށް ބަދަލުކުރުން

އައްޑޫއާއި ފުވައްމުލައް އަދި މާލެ ސަރަހައްދުގެ ޕެކޭޖުތަކަށް އަންނަ ބަދަލު:

  1. ޕްރެމިއަމް އެޗްޑީ ޕެކޭޖުގައި ހިމެނޭ ފޮކްސް އެޗްޑީ ޗެނަލް ބޭސިކް ޕްލަސް ޕެކޭޖަށް ބަދަލުކުރުން

މީޑިއާ ނެޓުން، އެކުންފުނީގެ ކޭބަލް ޓީވީ ޕެކޭޖުތަކަށް ގެންނަ ބަދަލުތަކަކީ މިއީ އެވެ. އެކުންފުނިން ބުނި ގޮތުގައި، މި ބަދަލާ އެކު ޕެކޭޖުތަކަށް ޗާޖު ކުރާ މިންވަރަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އެކަމާ ބެހޭ މައުލޫމާތު މީޑިއާނެޓަށް ގުޅޭ ނަމްބަރު، 3320800 އަށް ގުޅުއްވައިގެން ނުވަތަ، 3030 އަށް ހުސް އެސްއެމްއެސް އެއް ކުރައްވައިގެން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

comment ކޮމެންޓް