ހާލުގައި ޖެހިފައިވާ ބޭރު މަސްބޯޓެއް ރާއްޖެ ސަރަހައްދުން ފެނިއްޖެ

ކަނޑުމަތީ ހާލުގައި ޖެހުނު ބަޔަކު އެމްއެންޑީއެފް އިން މާލެ ގެނައުމުގެ ތެރެއިން --- ސަން ފޮޓޯ

ދެ މީހުންނާ އެކު ހާލުގައި ޖެހިފައިވާ މަސް ބޯޓެއް ރާއްޖެ ސަރަހައްދުން ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، "ކަނޑު ރޯދި" ނަމަކަށް ކިޔާ ކަންނެލި މަސް ދޯންޏަކަށް އެ ބޯޓް ފެނިގެން ސިފައިންނަށް އެންގުމުން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިފައިން މައުލޫމާތު ދޭ ގޮތުގައި ދެ މީހުންނާއެކު އެބޯޓް ފެނިފައި ވަނީ މިއަދު 3:45 ހާއިރު ހއ. ތުރާކުނުން 30 މޭލު ބޭރުން ކަމަށެވެ. އެ ބޯޓަކީ 25 ފޫޓުގެ މަސްވެރިކަމަށް ބޭނުން ކުރާ ބޯޓެކެވެ.

ސިފައިން މައުލޫމާތު ދޭ ގޮތުގައި އެ ދެމީހުންގެ ހާލު ރަނގަޅެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިފައިން ބުނެއެވެ.

comment ކޮމެންޓް