ނަސާރާ ދީނުގެ މައުލޫމާތު ހުރުމުން ގޭޓްވޭގެ ފޮތްތައް ނަގަން އަންގައިފި

ގޭޓްވޭ ސުކޫލުން ދޫކުރި ފޮތްތަކުގައި ޗާޗުތައް--- ސަން ފޮޓޯ

ހުޅުމާލޭގައި އަލަށް ފަށާ ގޭޓްވޭ އިންޓަނޭޝަނަލް ސުކޫލް ކުދިންނަށް ދޫކުރި ފޮތްތަކެއްގައި ނަސާރާ ދީނުގެ މައުލޫމާތު ހުރުމުން އެ ފޮތްތައް ނަގަން އަންގައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ގޭޓްވޭ ސްކޫލުގެ ގުރޭޑް ތިނެއްގެ ކުދިންނަށް ދޫކުރި ފޮތްތަކުގެ ތެރެއިން ސޯޝަލް ސުޓަޑީ ފޮތުގައި ނަސާރާ ދީނުގެ ޗާޗުގެ ފޮޓޯތައް ބޭނުންކޮށްފައި ހުއްޓެވެ.

އެކަމާ ގުޅޭ ގޮތުން އެޑިއުކޭޝަންގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އަށް ވިދާޅުވީ އެ ފޮތްތައް ކުދިންނަށް ދޫކޮށްފައި ވަނީ އެޑިއުކޭޝަން އިން ބަލައި ފާސްނުކުރަނީސް ކަމަށާއި އެފޮތްތައް ނެގުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

"އިތުރަށް އެފޮތްތައް ދޫކުރުން ހުއްޓާލައި މިހާރު ދޫކޮށްފައިވާ ފޮތްތައް ވެސް ކަލެކްޓްކުރަން އަންގާފައިވާނެ،" ޝަފީއު ވިދާޅުވި އެވެ.

ހުޅުމާލޭގައި ހިންގި ލާލޭ އިންޓަނޭޝަނަލް ސުކޫލުގެ މުއްދަތު ހަމަވެ އަލުން ހުޅުވާލުމުން އެބިޑް ކާމިޔާބު ކުރީ ގޭޓްވޭއިންނެވެ.

comment ކޮމެންޓް