ސިފައިންގެ ވަޒީފާ އިން ކެޕްޓަން އިހުސާން ވަކިވެވަޑައިގެންފި

ކެޕްޓަން އިހުސާން: ސިފައިންގެ ހިދުމަތުގައި 11 އަހަރު ހޭދަކުރެއްވުމަށްފަހު އޭނާ ވަނީ މިއަދު ސިފައިންގެ ވަޒީފާއިން ވަކިވެވަޑައިގެންފައި --- ސަން ފައިލް ފޮޓޯ

ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ވަޒީފާ އިން ކެޕްޓަން އަލީ އިހުސާން ވަކިވެވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީގެ ދަރިކަލުން، އިހުސާން ވަޒީފާއިން ވަކިވެވަޑައިގަތްފައި މިވަނީ ސިފައިންގެ ހިދުމަތުގައި 11 އަހަރު ހޭދަކުރެއްވުމަށްފަހު އެވެ.

ސިފައިންގެ ވަޒީފާ އާ އިހުސާން ވަކިވެޑައިގެންނެވި އިރު، އޭނާ ހުންނެވީ ސިފައިންގެ އާމަރީ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމު އަދި ޑެޕިއުޓީ ސްޕޯކްސް ޕާސަންގެ މަގާމުގަ އެވެ.

އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރައްވަން އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކެޕްޓަން އިހުސާން ވަޒީފާ އިން ވަކިވެވަޑައިގެންނެވީ އަމިއްލަފުޅަށް އެގޮތް ބޭނުންފުޅުވެގެން ކަމަށެވެ.

އެމެރިކާގެ ވެސްޓް ޕޮއިންޓް މިލިޓަރީ އެކަޑެމީގައި އަސްކަރީ ގިނަ ތަމްރީންތަކެއް ފުރިހަމަ ކުރެއްވި އިހުސާން ވެފައި ވަނީ އެ އެކަޑެމީގައި ފުރަތަމަ ކޮމާންޑް ކުރެއްވި ބޭރުގެ ދަރިވަރަށެވެ.

comment ކޮމެންޓް