Sun Online
ކިންގްސްޓަން އިން އަންނަ މަހުތެރޭގައި ބާޒާރަށް ނެރޭ، އެއް ޓީބީ އަދި ދެ ޓީބީގެ ޕެންޑްރައިވް --- ފޮޓޯ/ ބިޒްނަސްވަޔާ
ކިންގްސްޓަން އިން އަންނަ މަހުތެރޭގައި ބާޒާރަށް ނެރޭ، އެއް ޓީބީ އަދި ދެ ޓީބީގެ ޕެންޑްރައިވް --- ފޮޓޯ/ ބިޒްނަސްވަޔާ
ޓެކްނޮލޮޖީ

ކިންގްސްޓަން އިން ދެ ޓީބީގެ ޕެންޑްރައިވް އެއް އަންނަ މަހުތެރޭގައި ނެރެނީ!

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

ދުނިޔޭގެ އެންމެ ކެޕޭސިޓީ ބޮޑު ޕެންޑްރައިވް ބާޒާރަށް ނެރެން ކިންގްސްޓަން އިން ތައްޔާރުވެއްޖެ އެވެ.

"ކިންގްސްޓަންސް ޑޭޓާ ޓްރެވެލާ އަލްޓިމޭޓް ޖީޓީ" އަންނަ މަހު ތެރޭގައި ނެރެން ހަމަޖެހިފައިވާއިރު، އޭގެ ބޭރު ހަދާފައިވަނީ އުމުރު ދިގު ކުރުމަށް ޒިންކް ބޭނުން ކޮށްގެންނެވެ. އަދި އޭގައި ބޭނުން ކޮށްފައިވަނީ، ޔޫއެސްބީ 3.1 ގެ އެޑެޕްޓަރެކެވެ.

އަލްޓިމޭޓް ޖީޓީގެ ދެ މޮޑެލް އެއް ކިންގްސްޓަން އިން އުފައްދާފައިވާއިރު، އެއް މޮޑެލް އަކީ އެއް ޓީބީގެ މޮޑެލް އެކެވެ. އަދި އަނެއް މޮޑެލް އަކީ ދެ ޓީބީގެ މޮޑެލް އެކެވެ.

ކިންގްސްޓަންގެ އެ ޕެންޑްރައިވް އަންނަ މަހުތެރޭގައި ވިއްކަން ފެށި ނަމަވެސް ވިއްކަން ފަށާނެ ތާރީހަކާއި، އަގެއް ހާމަ ކޮށްފައެއް ނުވެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ކިންގްސްޓަން އަކީ، އެންމެ ފުރަތަމަ އެއް ޓީބީގެ ޕެންޑްރައިވްވެސް އުފައްދާފައިވާ ކުންފުންޏެވެ. އެގޮތުން "ޑޭޓާ ޓްރެވެލާ ހައިޕާ އެކްސް ޕްރިޑޭޓާ"ގެ ނަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި އެއް ޓީބީގެ ޕެންޑްރައިވް އެ ކުންފުނިންވަނީ ނެރެފައެވެ.

ގުޅޭ ޓެގު

ޓެކްނޮލޮޖީ
×
DB released.