ކުޑަކުދިންގެ ބަގީޗާ، ބޮޑެތި ބަދަލުތަކާއެކު އަންނަ މަހު ހުޅުވަނީ

ކުޑަކުދިންގެ ބަގީޗާ -- ސަން ފައިލް ފޮޓޯ

ކުޑަކުދިންގެ ބަގީޗާ މިހާރު ބަންދުކޮށްފައި އޮތީ އެތަން މަރާމާތު ކުރުމުގެ ގޮތުން ކަމަށާއި، އަލުން އެތަން ހުޅުވާއިރު ބޮޑެތި ބަދަލުތަކާއެކު ތަނަސްވާނޭ ކަމަށް އެ ބަގީޗާ ބަލަހައްޓަމުންދާ އެމްއެންޑީއެފުން ބުނެފި އެވެ.

ކޮންމެ ދުވަހެއްގެ ވެސް ހަވީރު ގިނަ އަދަދެއްގެ ކުދިން އާއިލާއާއެކު ހިތްއުފާކޮށް މަޖާކޮށްލުމަށް އުޅޭ ކުޑަކުދިންގެ ބަގީޗާ ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ސިފައިންގެ ކޯޕަރޭޓިވް ސިފްކޯ އިން ބަލަހައްޓާ ކުޑަކުދިންގެ ބަގީޗާ އަށް ގެންނަމުންދާ މަރާމާތުތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މަރާމާތަށްފަހު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބަގީޗާ ހުޅުވާއިރު، އެތަނުގައި ކުޑަކުދިން ޝައުގުވެރިވާ ފަދަ ޒަމާނީ ތަކެތި ބަހައްޓާފައި ހުންނާނޭ ކަމަށެވެ.

އޭގެ އިތުރުން ބަގީޗާ އެތެރޭގެ ޖާގަ ތަނަވަސް ވާ ގޮތަށް ބަދަލުތަކެއް އަންނާނޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ބަގީޗާ އަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

comment ކޮމެންޓް