އަސްވާޑަށް ބިރުދައްކައި އިންޒާރުދިން ކަމަށްބުނެ ފުލުހުންނަށް މައްސަަލަ ހުށަހަޅައިފި

ސަންގު ޓީވީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) -- ސަން ފޮޓޯ/މާހިލް މުހައްމަދު

ސަންގުޓީވީގެ މެނޭޖިންގް ޑިރެކްޓަރު އަދި ހިއްސާދާރު އިބްރާހިމް ވަހީދު (އަސްވާޑް) އަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލު 'ސަން' އަށްް ވިދާޅުވީ، އެފަދަ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އަސްވާޑް 'ސަން' އަށް ވިދާޅުވީ، އެމީހާ ރޭގެ ވަގުތެއްގައި އޭނާއާ ބައްދަލުކޮށް އިންޒާރު ދީ ހައްޔަރު ކުރާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށެވެ.

އަދި އޭގެ ފަހުން ނުދަންނަ ނަމްބަރަކުން މެސެޖްކޮށް ބިރުދައްކައި އިންޒާރުދިން ކަމަށްވެސް އަސްވާޑު ވިދާޅުވި އެވެ.

ސަންގުޓީވީގެ ހިއްސާ، މެމްބަރު ޔާމީންގެ ސޮއި ފޯޖްކޮށްގެން އަސްވާޑުގެ ނަން މައްޗަށް ބަދަލުކުރި ކަމަށް ބުނެ އިއްޔެ ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. އަސްވާޑު ވިދާޅުވީ، އިންޒާރު ދީ ބިރު ދެއްކީ ޓީވީގެ ހިއްސާގެ މައްސަލައިގައި ކަމަށެވެ.

comment ކޮމެންޓް