ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު 10 އަހަރަށް ޖަލަށް

މުޙައްމަދު ކެރޮން ޙޮސައިން --- ފޮޓޯ: ޕޮލިސް

އުމުރުން ނުވަ އަހަރުގެ އަންހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުވައްމުލަކު ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ކެރޮން ޙޮސައިންގެ މައްޗަށެވެ.

ދައުލަތުން މުޙައްމަދު ކެރޮން ޙޮސައިންގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، މުޙައްމަދު ކެރޮން ޙޮސައިން 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ދުވަހެއްގައި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

ފުވައްމުލަކު ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ދައުވާ އަށް އިންކާރުކުރިނަމަވެސް، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އާއި މުހައްމަދު ކެރޮން ޙޮސައިން ތަހުގީގަށާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށެވެ.

comment ކޮމެންޓް