އިންޑިއާގައި އައިފޯނު މެނުފެކްޗާ ކުރަން އެޕަލްއިން ނިންމައިފި

ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އެޕަލް ކުންފުނީގެ އައިފޯނުތައް އިންޑިއާގައި އުފެއްދުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެޕަލް އިން މިގޮތަށް ނިންމީ، އިންޑިއާގައި އައިފޯނަށް އޮތް މާކެޓު ބޮޑުވެފައި އެ ފޯނުތައް އެތެރެކުރުމަށް ނަގާ ޑިއުޓީ ބޮޑުވުމުން ހެޔޮ އަގުގައި އައިފޯނު އިންޑިއާގެ ބާޒާރަށް ނެރުމުގެ ގޮތުންނެވެ. އެ ކުންފުނިން ހާމަ ކުރި ގޮތުގައި 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށެގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 2.5 މިލިއަން އައިފޯނު އިންޑިއާއިން އެތެރެކޮށްފައިވެ އެވެ.

އެޕަލް އިން ބުނި ގޮތުގައި އެކުންފުނީގެ ފެކްޓްރީ އެޅުމަށް ނިންމާފައި ވަނީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އިންޑިއާގެ ސިޓީއެއް ކަމަށްވާ ބެންގަލޫރުގެ ކަރްނާޓަކާގައި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ފެކްޓްރީގައި ފޯނު އުފެއްދުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފަށާނެ އެވެ.

comment ކޮމެންޓް