ރާއްޖެ އައުމަށް ފަހު ކޮމީޑިއަން ބާރުތީ އެނބުރި ގައުމަށް ދާ ހިތެއް ނުވި!

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއަން ބާރްތީ ---

ނިމިގެން މިދިޔަ އަހަރަކީ ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައި އަހަރެކެވެ. ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ސޮނާކްޝީ ސިންހަ އާއި ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓް އާއި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ ޗުއްޓީ މަންޒިލަކަށް ވެސް ވީ ރާއްޖެ އެވެ. މިއީ އަދި ބައެއް ތަރިންނެވެ.

އެ ހުރިހާ ތަރިން ވެސް ޗުއްޓީއަށް ފަހު އެނބުރި ގައުމަށް ދިޔައީ ރާއްޖެއާ މެދު އެތައް ތައުރީފުގެ ބަސްތަކެއް ބަންޑުކޮށްލައިފަ އެވެ. ހިތްހަމަޖެހުމާ އުފަލާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ފަހު އެވެ. ދުނިޔެ މަތީގެ ސުވަރުގެ އެއްގެ ގޮތުގައި މިތަން ސިފަކޮށްފަ އެވެ.

ރާއްޖެ އައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ލިސްޓުގެ ތެރޭގައި ހިމެނޭ އެއް ތަރިއަކީ ސްޓޭޑް އަޕް ކޮމީޑިއަން އަދި އެކްޓްރެސް ބާރްތީ ސިންގް އެވެ. އާއިލާއާ އެކު ރާއްޖޭގައި އާ އަހަރު ފާހަގަކުރުމަށް ފަހު މިހާރު އެނބުރި ބާރްތީ ސިންގް ހުރީ އިންޑިއާގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ރާއްޖެ އިން އޭނާ ދިޔައީ ދާން ބޭނުން ވެގެންނެއް ނޫނެވެ.

ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާއަށް ޗެކިންވެ، ބާރްތީ ސިންގްގެ އިންސްޓަގުރަމް އެކައުންޓުގައި މިއަދު ޝާއިރު ކޮށްފައިވާ ފޮޓޯއެއްގައި ވަނީ، ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ދާން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފޮޓޯތައް ވަނީ މީގެ ހަތަރު ދުވަސް ކުރިން ފެށިގެން ސޯޝަލް މީޑިއާ އަށް ލާން ފަށައިފަ އެވެ. ނަމަވެސް އޭނާ ރާއްޖެ އައިސްފައި ވަނީ ކޮން އިރަކު ކަމެއް އެނގޭކަށް ނެތެވެ.

ޕުންޖާބް ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ފިލްމު، "ސަނަމް ރޭ"ގައި ވެސް ފެނިގެންދިޔަ ބާރްތީ މިހާރު ހަމައެކަނި ފެނިގެންދަނީ އިންޑިއަން ކޮމެޑީ ސީރީސް އެއް ކަމަށްވާ "ކޮމެޑީ ނައިޓްސް ބަޗާއޯ" އިންނެވެ.

comment ކޮމެންޓް