ނައިފަރުގެ ރޯހައުސްއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމެންޓަށް ގެއްލުން ވެފައި --- ފޮޓޯ/ އެމްއެންޑީއެފް
ނައިފަރުގެ ރޯހައުސްއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމެންޓަށް ގެއްލުން ވެފައި --- ފޮޓޯ/ އެމްއެންޑީއެފް

ނައިފަރުގެ ރޯހައުސްއެއްގައި ރޯވެ، ދެ އާއިލާއަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި

އިހްތިޝާމް މުހައްމަދު
ލިޔުނީއިހްތިޝާމް މުހައްމަދު

ނައިފަރުގައި ރޯ ހައުސްއެއްގައި ރޯވެ ގެއްލުންތަކެއްވުމުން އެތަނުގައި ދިރިއުޅެމުން ދިޔަ ދެ އާއިލާއެއް ދަނާލަށް ބަދަލުކޮށްފި އެވެ.

ނައފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު 'ސަން' އަށް ވިދާޅުވީ، މިއަދު ހަވީރު ރޯވެފައިވަނީ މީހުން ދިރިއުޅޭ ފަންގިފިލާއެއްގައި ކަމަށާއި، އެތަނުގައި ދެ އާއިލާއެއް ދިރިއުޅޭ ކަމަށެވެ.

އޭނާ ވިދާޅުވީ، އެތަނުގައި ދިރިއުޅެނީ ވެލިދޫ އާއިލާ އަކާއި، ނައިފަރު އާއިލާއެއް ކަމަށެވެ. އަދި އެތަނުގައި މުޅިއަކު އަށް މީހުން އުޅޭ އިރު، ތިން ކުޑަކުދިންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ އާއިލާ މިހާރު ތިބީ ދަނާލަށް ބަދަލުކޮށްފައި. ކޮންމެ އާއިލާ އަކަށްވެސް ރޫމެއް ހަމަަޖައްސައިދީފަ ވާނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމީހުންނަށް ވަގުތީ ހިޔާއެއް ދީފައިވީ ކަމުގައިވިޔަސް، ދާއިމީ ހިޔާވަހި ކަމެއް ދެވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ އިރު، އެމްއެންޑީއެފުން ބުނީ ރޯވި އެޕާޓްމެންޓަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

DB released.