2017 ވަނަ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ "ސްޓާ ވޯސްް" އަށް!

ހޮލީވުޑްގެ މުނިފޫހިފިލުވުމުގައި ކާމިޔާބު އަހަރަކަށް ފަހު އަނެއްކާ ވެސް މިއޮތީ އާ އަހަރާ ކުރިމަތިލާފަ އެވެ. ކުރިއަށް މިއޮތް އަހަރަކީ ވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ގިނަ ހޮލީވުޑް އަދި އެނިމޭޓެޑް ފިލްމުތަކެއް ނުކުންނާނެ އަހަރެކެވެ.

ފިލްމުތަކުގެ ޓިކެޓް ވިއްކާ އެމެރިކާގެ ކޯޕަރޭޝަނެއް ކަމަށްވާ، ފޭންޑޭންގޯ އިން ހެދި ސާވޭއަކުން ދައްކާގޮތުން 2017 ވަނަ އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަނީ ޑިޒްނީ އަދި ލޫކަސް އިން އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ނިންމާފައިވާ ސްޓާ ވޯސްް ފްރެންޗައިޒްގެ އަށް ވަނަ ފިލްމަށެވެ.

އެ ފިލްމު ރިލީޒްކުރަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އާއްމުކޮށް ފިލްމު ބަލަންދާ 2000 އަށް ވުރެ ގިނަ މީހުންގެ ފަރާތުން މައުލޫމާތު އެއްކޮށްގެން މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހެދި އެ ސާވޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ 10 ފިލްމެއް ހިމަނައި ލިސްޓު ކޮށްފައިވާއިރު، ލިސްޓުގެ އެންމެ ކުރީ ތިން ވަނަ ވެސް ހޯދާފައިވަނީ ޑިޒްނީ އިންނެވެ.

އެގޮތުން ސްޓާ ވޯސް އަށް ފަހު ދެވަނަ މަގާމް ހޯދާފައިވަނީ "ގާޑިއަންސް އޮފް ދި ގެލެކްސީ ވޮލް 2" އެވެ. އެމާ ވޮޓްސަން ފެނިގެންދާ ލައިވް އެކްޝަން ފިލްމު، "ބިއުޓީ އެންޑް ދި ބީސްޓް" އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ.

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމުތައް (ތަރުތީބުން)

  • ސްޓާ ވޯސް: އެޕިސޯޑް 8
  • ގާޑިއަންސް އޮފް ދި ގެލެކްސީ 2
  • ޑިޒްނީގެ ބިއުޓީ އެންޑް ދި ބީސްޓް
  • ވޮންޑަ ވުމަން
  • ސްޕައިޑަ-މޭން: ހޯމްކަމިން
  • ޖަސްޓިސް ލީގް
  • ދަ ފޭޓް އޮފް ދަ ފިއުރިއަސް
  • ފިފްޓީ ޝޭޑްސް ޑާކާރ
  • ލޯގަން
  • ޑެސްޕިކަބަލް މީ 3

ފޭންޑޭގޯ އިން ހެދި އެ ސާވޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެ ލިސްޓުގެ 10 ވަނައިގާ ނުހިމެނޭ ބައެއް ފިލްމުތަކަށް ބަލާއިރު، މާވެލް އިން ގެނެސްދޭ "ތޯ: ރެގްނަރޮކް" އާއި ޕައިރެޓްސް އޮފް ދި ކެރީބިއަންގެ ފަސް ވަނަ ފިލްމު، "ޕައިރޭޓްސް އޮފް ދި ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" ގެ އިތުރުން ޓްރާންސްފޯމާސްގެ ފަސް ވަނަ ފިލްމު، "ޓްރާންސްފޯމާސް: ދަ ލާސްޓް ކްނައިޓް" ފާހަގަކޮށްލަންޖެހެ އެވެ.

އޭގެ އިތުރުން، ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު "ތުރީ އެކްސް: ރިޓާންސް އޮފް ދަ ޒެންޑާ ކޭޖް" އާއި "ކްއަންޓިކޯ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި، ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ހޮލީވުޑްގެ ފުރަތަމަ ފީޗާ ފިލްމު، "ބޭވޮޗް" ވެސް ގަދަ 10ގައި ހިމެނިފައެއްނުވެ އެވެ.

comment ކޮމެންޓް