ބެޓެރިތަކެއްގައި ރޯކޮށްލާފައި ހުރުމުން އެކަން ބަލަން ފަށައިފި

ބެޓެރިތައް އަންދާލާފައި ހުރުމުން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ޝާމިން

މައްޗަން ގޯޅީ ސަހަރާ ކައިރި ބެޓެރިތަކެއް އަންދާލައިފައި ހުރުމުން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސިފައިންގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ސަން އަށް ވިދާޅުވީ އަލިފާނުގެ ހާދިސާއެއްގެ މައުލޫމާތު މިއަދު މެންދުރު ލިބުމުން ގޮސްބެލިއިރު ސަހަރާ ކައިރި ބަހައްޓާފައި ހުރި ޑަބިޔަލެއްގެ ތެރޭގައި ބެޓެރިތަކެއް އަންދާލާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ އަންދާލާފައިހުރީ ބެޓެރިތަކެއްކަން،" އާޒިމް ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން އެކަން ތަހުގީގް ކުރަމުންދާއިރު މިހާތަނަށް ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައިނުވެއެވެ.

comment ކޮމެންޓް