މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ސްކާލެޓް ޖޮހާންސަން

މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރަކީ ސްކާލެޓް ޖޮހާންސަން -- ފޮޓޯ: އޭޕީ

މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެކްޓަރުންގެ ފޯބްސް މެގަޒިންގެ ލިސްޓުން ސްކާލެޓް ޖޯހާންސަން ކުރި ހޯދައިފި އެވެ.

މިއަހަރު ޖޮހާންސަން މުހިއްމު ރޯލްތައް ކުޅުނު ކެޕްޓަން އެމެރިކާ: ސިވިލް ވޯ އާއި ހެއިލް ސީޒާއިން އޭނާއަށް 1.2 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ކެޕްޓަން އެމެރިކާގައި ޖޮހާންސަންގެ ކޯ ސްޓާރުންގެ ގޮތުގައި ފެނިގެންދިޔަ ކްރިސް އެވަންސް އާއި ރޮބަޓް ޑައުނީ ޖޫނިއާ ވަނީ 1.15 ބިލިއަން ޑޮލަރާއެކު ފޯބްސް ލިސްޓުގެ ދެވަނަ ހޯދާފަ އެވެ. ކެޕްޓަން އެމެރިކާ: ސިވިލް ވޯ އަކީ މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

ފޯބްސް ލިސްޓުގެ ދެވަނައަށް ގޮަސްފައި ވަނީ ކްރިސް އެވަންސް (ވ) އާއި ރޮބަޓް ޑައުނީ ޖޫނިއާ -- ފޮޓޯ: ގެޓީ

އެތިން ތަރިންގެ އިތުރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަސް އެކްޓަރުންގެ ތެރޭގައި ހިމެނެނީ ސުއިސައިޑް ސްކުއެޑުން ފެނިގެންދިޔަ އޮސްޓްރޭލިއާގެ އެކްޓްރެސް މާގޯ ރޮބީ އާއި ސައި ފައި ފިލްމު އެރައިވަލްސް އާއި ބެޓްމޭން ވާސަސް ސުޕަމޭންއިން ފެނިގެން ދިޔަ އޭމީ އެޑަމްސް އެވެ.

ހަތަރު ވަނަ ސުއިސައިޑް ސްކުއެޑްގެ ތަރި މާގޯ ރޮބީ ހޯދި އިރު ފަސް ވަނަ ލިބުނީ ސައިފައި ފިލްމު އެރައިވަލް އާއި ބެޓްމޭން ވާސަސް ސުޕަމޭންގެ ތަރި އޭމީ އެޑަމްސް އަށެވެ.

މީގެ އިތުރުން މިމަހު ނެރުނު ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީގެ ކާމިޔާބީއާ ގުޅިގެން، އެފިލްމުގެ ލީޑު ރޯލްއިން ފެނިގެންދާ ފެލިސިޓީ ޖޯންސް ވަނީ ފުރަތަމަ ފަހަރަށް ލިސްޓަށް އަރާފަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު