އަންނަ އަހަރުގެ އަމާޒުއޮތީ އަތޮޅު ތެރެއަށް: ހައުސިން

ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ: ސަން ފައިލް ފޮޓޯ

ހައުންސިން މިނިސްޓްރީން އަންނަ އަހަރު ފަށާ ގިނަ ޕުރޮޖެކްޓްތައް ހުރީ އަތޮޅުތެރެއަށް ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އަންނަ އަހަރު އަތޮޅުތެރޭ އަށް ރަށެއްގައި 600 ހައުސިން ޔުނިޓް އެޅުން ފަދަ ބޮޑެތި މަޝްރޫތައް ހިންގުން އޮތީ އަތޮޅުތެރެއަށް ކަމަށެވެ.

ކުދުކުދި ރަށްރަށަށް ލަފާ ފުރުން ހައްލުކުރުމަށް ފާލަންތައް ހެދުމާއި އެހެނިހެން އުސޫލްތައް ހަމަޖެއްސުމަށް ވެސް އަންނަ އަހަރު މަޝްރޫތައް ހިންގާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަަރު ފެނިގެންދާނީ ކުރަމުންދާ ބަނދަރު މަސައްކަތްތަކާއި ބިންހިއްކުމާއި މަގުގެ މަޝްރޫތައް ނިމޭ އަހަރަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ރާއްޖޭގެ 45 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށައި އޭގެ ތެރެއިން 10 ބަނދަރެއްގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރަށެއްގެ ބިންހިއްކި ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރަކީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރަށް ވުރެ ގިނަ މަޝްރޫތައް ހިންގުނު އަހަރެއް ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި އެތައް ޕާކެއް ހެދުމާއި މަގުތައް މަރާމާތު ކުރުން ހިމެނެ އެވެ.

comment ކޮމެންޓް