އެސްޓާސްގެ ނިއު އިޔާ ހަދިޔާ، ސްކައިވޯތު 4ކޭ ޓީވީ 18،888 ރުފިޔާއަށް

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

އެސްޓާސްއިން ވިއްކާ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޓީވީ ބްރޭންޑް، ސްކައިވޯތުގެ 4ކޭ ޓީވީގެ އަގު 18،888 ރުފިޔާއަށް ހެޔޮކޮށްފި އެވެ. މިއީ 4ކޭ ޓީވީ އާންމުކޮށް ވިއްކާ އުޅޭ އަގުތަކަށް ވުރެ އެތައް ގުނައެއް ހެޔޮ އަގެކެވެ.

ސްކައިވޯތަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ، ޗައިނާގެ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ. އެ ބްރޭންޑުގެ އިލެކްޓްރޯނިކްސްގެ ބާޒާރު ހަމައެކަނި ޗައިނާއަށް ޚާއްސަކޮށް އޮތުމަށް ފަހު، ދުނިޔޭގެ އެހެން މާކެޓުތަކަށް ތައާރަފުވީ 2014 ވަނަ އަހަރުގެ ފަހުންނެވެ.

އެސްޓާސްއިން މައުލޫމާތު ދޭ ގޮތުގައި، ސްކައިވޯތުން އެންމެ ފަހުން ތައާރަފުކޮށްފައިވާ 4ކޭ ޓީވީ މޮޑެލްތައް އެތަނުގައި ހުންނާނެ އެވެ. ސްކައިވޯތުން އެންމެ ފަހުން ނެރުނީ އޯލެޑް 4ކޭ ޓީވީ އެވެ. އޭގެ ތެރޭގައި، މިވަގުތު ދުނިޔޭގެ އެންމެ ތުނި ޓީވީވެސް ހިމެނެ އެވެ.

އެސްޓާސްއިން ބުނީ، އެ ފިހާރައިގައި ހުރި ސްކައިވޯތުގެ މޮޑެލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޓީވީއަކީ ސްކައިވޯތު 65 އިންޗީގެ 4ކޭ ޓީވީ ކަަމަށެވެ. މި ޓީވީގެ އަގަކީ 18،888 ރުފިޔާ އެވެ. މިއީ އެހެން ބްރޭންޑުތަކުން ވިއްކާ 4ކޭ ޓީވީއާ އަޅާ ބަލާއިރު ވަރަށް ހެޔޮ އަގެކެވެ.

މީގެ އިތުރުން، ލިބެންހުރި ސްކައިވޯތުގެ އެންމެ އަގުހެޔޮ މޮޑެލްތަކަކީ ވެސް އެޑްވާންސްޑް ޑިޖިޓަލް ފީޗާތައް ލިބެން ހުންނަ، ފުލް އެޗްޑީ ޓީވީތަކެއް ކަމަށް އެސްޓާސްއިން ބުނެ އެވެ.

މިއިން ކޮންމެ ޓީވީއަކާ އެކު، އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ.

ވިޔަފާރި ފުޅާކުރުމުގެ ގޮތުން، ސްކައިވޯތުން ވަނީ ޖަރުމަނުގެ ޓީވީ ކުންފުނި "މެޓްޒް"ގެ އިތުރުން، ޖަޕާނުގެ ޓޮޝީބާއިން އޭޝިއާގައި ހިންގަމުން އައި އޮޕަރޭޝަންތައް ގަނެ، ސްކައިވޯތާ ގުޅުވާލައިފަ އެވެ. އަދި އަންނަ އަހަރު ޗައިނާގައި، ސްކައިވޯތުން އޯލެޑްގެ އާ، އެޑްވާންސްޑް ޓީވީ މޮޑެލެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

DB released.