Sun Online
ކެރީ ފިޝާ
ކެރީ ފިޝާ
ހޮލީވުޑް

"ސްޓާ ވޯސް"ގެ ބަތަލާ ކެރީ ފިޝާ މަރުވެއްޖެ

އެމެރިކާގެ ބަތަލާ އަދި "ސްޓާ ވޯޒް"ގެ ފިލްމުތަކުން ޕްރިންސެސް ލިއާގެ ރޯލުން މަޝްހޫރުކަން ހޯދި ކެރީ ފިޝާ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

ކެރީ ފިޝާ، 60، އަށް އަށް ހާޓްއެޓޭކް ޖެހުނީ ލަންޑަނުން ފުރައިގެން ލޮސް އެންޖެލިސް އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓުގަ އެވެ. އޭނާ މަރުވީ ލޮސް އެންޖަލިސްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، ހޭވެސް ނާރައި އޮއްވަ އެވެ.

ކެރީ ފިޝާގެ ދަރިފުޅާ ހަވާލާދީ ބީބީސީ އިން ބުނީ، ކެރީ އަކީ ދުނިޔެ ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށާއި އޭނާގެ މަންމަ ދުނިޔެއާ ވަކިވުމަކީ އާއިލާ އަށް ފޫބައްދަން ދަތި ކަމަކަށްވާނެ ކަމަށެވެ.

ސްޓާ ވޯސްގެ ކޯ ސްޓާ ހެރިޝަން ފޯޑް ބުނީ ކެރީ އަކީ ހިތްވަރު ގަދަ އަދި އެހާމެ ހިތްތިރި ކަނބަލެއް ކަމަށެވެ. ސީރީސްގެ ކްރިއޭޓާ ޖޯޖު ލޫކަސް ބުނީ ކެރީ އަކީ އާދަޔާ ހިލާފަށް ކުޅަދާނަ އަދި ސްމާޓް އެކްޓެރެސް ކަމަށެވެ.

"ސްޓާ ވޯޒް" ސިލްސިލާގެ ހަތަރު ފިލްމެއްގެ އިތުރުން ކެރީގެ ފާހަގަކޮށްލެވޭ އިތުރު ބައެއް ފިލްމުތަކުގެ ތެރޭގައި ޝޭމްޕޫ (1975)، ދަ ބްލޫސް ބްރަދާޒް (1980)، ހަނާ އެންޑް ހަ ސިސްޓާސް (1986) އަދި ވެން ހެރީ މެޓް ސެލީ (1989) ފާހަގަކޮށްލެވެ އެވެ.

×
DB released.