Sun Online
ޓޮމް ކުރޫޒް
ޓޮމް ކުރޫޒް...

ޓޮމް ކުރޫސް ވެސް ޗުއްޓީ އަށް ރާއްޖޭގައި، އައީ ޖެޓެއްގައި!

  • ރާއްޖެ އައީ ޕްރައިވެޓް ޖެޓެއްގައި
  • އައީ އާއިލާއާއެކު
  • ޗުއްޓީ ހޭދަކުރަނީ ވަން އެންޑް އޮންލީ ރީތި ރަށް

ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކުރޫސް ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރޫޒް ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އާއިލާއާ އެކު ކުރޫޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ޕްރައިވެޓް ޔޮޓެއްގައެވެ.

އާ އަހަރާ ދިމާކޮށް ޓޮމް ކުރޫޒް ރާއްޖެ އައިސްފައިވާ އިރު، މީގެ ކުރިން ވެސް ކުރޫޒް ވަނީ ޗުއްޓީ އަށް ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި ކުރޫޒްގެ އެންމެ ފުރަތަމަ އަންހެނުން ކެޓީ ހޯމްސް އާ ކައިވެނިކުރުމަށް ފަހު ހަނީމޫން އަށް ވެސް އައިސްފައިވަނީ ރާއްޖެއަށެވެ.

ކުރޫޒްގެ އިތުރުން އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިރު އެމީހުންނާ އެކު އިނގިރޭސިވިލާތުގެ މަޝްހޫރު ސެލެބުރިޓީ ޗެފް ގޯޑަން ރަމްސީ އާއި އޭނާގެ އާއިލާވެސް ހިމެނެ އެވެ.

އޭގެ އިތުރުން ބަޔާން މިއުނިކްގެ ވިންގާ އާރްޔެން ރޮބެން އާއި އިޓަލީ ގައުމީ ޓީމްގެ ޑިފެންޑަރު ޑެނިއަލް ޑި ރޮސީ އާއި ރޯމާގެ މިޑްފިލަޑަރު ފްރެންސިސްކޯ ޓޮޓީ އާއި އެކު ޔޫރަޕްގެ މަޝްހޫރު 13 ކުޅުންތެރިޔަކު ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

×
DB released.