ސޮވެރިން ބޮންޑެއް ބޭރަށް ވިއްކަން އެހީތެރިވާނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ހުންނަ އިމާރާތް: ސަން ފައިލް ފޮޓޯ

ރާއްޖެއިން ބޭރަށް 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމުގައި އެހީތެރިވާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 2017 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ފަދައިން ފުރަތަމަ ފަހަރަށް ރާއްޖެއިން، ބޭރުގެ ސްޓޮކް މާކެޓަށް ބޮންޑެއް ވިއްކުމަށް ޓަކައި ކަނޑައަޅާ ލީޑް މެނޭޖާސް އަށްވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި އެފަދަ ދައުރެއް އަދާކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ ބޮންޑަކީ ފަސް އަހަރު ދުވަސްތެރޭ އަނބުރާ ދައްކަން ޖެހޭ ބޮންޑެއް ކަމަށެވެ. އަދި އެ ފައިސް ބޭނުންކުރާނީ އަންނަ އަހަރަށް ބަޖެޓު ކުރެވިފައިވާ އުމްރާނީ މަޝްރޫއުތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

"މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީން ގަބޫލު ކުރާ ގޮތުގައި ބައިނަލް އަގުވާމީ މާލީ ބާޒާރަށް ދިވެހި ސަރުކާރުން ވަނުމަކީ ރާއްޖޭގެ މާލީ ނިޒާމާއި ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ތަރައްގީއަށް މުހިއްމު މަރުހަލާއެއް ކަމުގައެވެ. އަދި މިކަމުގެ ސަބަބުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކަށް ވެސް ބައިނަލް އަގުވާމީ މާލީ ބާޒާރުން ފައިސާ ހޯދުމަށް މަގުފަހި ވެގެންދާނެ ކަަމަށް ވެސް މި މިނިސްޓްރީން ދެކެމެވެ.،" އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް