އާ އަހަރުގެ ޝޯ އަށް އަރްމާން މަލިކް، ވަނުން މުޅިން ހިލޭ!

އަރްމާން މަލިކް: އާ އަހަރާ ދިމާކޮށް ބާއްވާ ޝޯގައި އޭނާ ބައިވެރިވާނެ --

އާ އަހަރު ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ '2017 ސަނީ ސައިޑް މިއުޒިކް ފެސްޓިވަލް'ގައި އިންޑިއާގެ އެންމެ ޒުވާން މިއުޒިކް ސެންސޭޝަން، އަރްމާން މަލިކް ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 21 އަހަރުގެ އަރްމާން މަލިކް އަކީ މިވަގުތު ބޮލީވުޑުގައި އެންމެ ބޮޑަށް ގުގުމާލާފައިވާ އަޑެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބާއްވާ ޝޯގައި އޭނާ ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ އިރު، ޝޯ އަށް އޭނާ މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ޕީއެސްއެމްއާ ގުޅިގެން އަލިމަސް ކާނިވަލުގައި ކުރިއަށްދާ ޝޯ އަށް ވަނުން މުޅިން ހިލޭ އެވެ.

ްއެ ޝޯގައި އަރްމާންގެ އިތުރުން، ދިވެހި ވައެއް ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ދާނެ އެވެ.

އަރްމާންގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، މި އަހަރު ނުކުތް ފިލްމު އަޒްހަރް އަށް އޭނާ ކިޔައިދީފައިވާ ލަވަ 'ބޯލް ދޯނާ ޒަރާ'، ފިލްމް ބާގީ އަށް އޭނާ ކިޔައިދީފައިވާ 'ސަބް ތެރާ'، ހޭޓް ސްޓޯރީ3 އަށް ކިޔައިދީފައިވާ 'ވަޖާ ތުމް ހޯ' އަދި 'ތުމޭ އަޕްނާ ބަނާނޭކާ' އަދި ސަނަމް ރޭ އަށް ކިޔައިދީފައިވާ ލަވަ 'ހުއާ ހޭ އާޖް ޕެހެލީ ބާރް' ފަދަ ލަވަތައް ހިމެނެ އެވެ.

ލަވަކިޔުމުގެ ތެރެއިން ގިނަ އެވޯޑުތަކެއް ވެސް ހާސިލް ކޮށްފައިވާ އަރްމާން ވަނީ މިހާތަނަށް 16 ފިލްމަކަށް ލަވަ ކިޔައިދީފަ އެވެ.

މިދިޔަ އަހަރުގެ ޝޯވ އަށް ރާއްޖެ ގެނެސްފައި ވަނީ ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އެވެ.

comment ކޮމެންޓް