Sun Online
ފުލުސް މީހާގެ ފައި ބިންދައިގެން ދިއުމުން ދުޅަވެފައި: ސައިކަލުން ޖެއްސި މީހާ ވަނީ ފިލާފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް
ފުލުސް މީހާގެ ފައި ބިންދައިގެން ދިއުމުން ދުޅަވެފައި: ސައިކަލުން ޖެއްސި މީހާ ވަނީ ފިލާފައި --- ސަން ފޮޓޯ/ ކިޔުންތެރިއެއް
ސައިކަލަކުން ޖެއްސުމުން ފުލުސް މީހާގެ ފައި ބިންދައިގެން ގޮސްފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ސައިކަލަކުން ޖެއްސުމުން ފުލުސް މީހާގެ ފައި ބިންދައިގެން ގޮސްފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފިލަން ދުއްވި ސައިކަލުން ޖެހި ފުލުސް މީހާގެ ފައި ވަނީ ބިދިފައި

  • ފިލި މީހާ އަދި ނުހޯދޭ
  • ފުލުސް މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް
  • ބިންދައިގެން ދިޔައީ ފުލުސް މީހާގެ ކަނާތު ފައި
ހުސައިން ހަސަން
ލިޔުނީހުސައިން ހަސަން

ފުލުހުންގެ އެންގުމަށް ކިޔަމަން ނުވެ، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އަނިޔާވި ފުލުސް މީހާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަން ނިންމާފައިވާ ކަމަށް ފުލުސް މީހާގެ އާއިލާއިން ބުނެފި އެވެ.

ސައިކަލުން ޖެއްސުމުން ފައި ބިންދައިގެން ދިޔަ ފުލުސް މީހާއަކީ އދ. މަހިބަދޫ، ރަންބުސްތާނުގޭ، އަލީ ރިފާއު، 26، އެވެ. އޭނާ ފުލުހުންގެ ވަޒީފާއާ ގުޅުނީ މިއަހަރުގެ ޖޫން މަހު އެވެ.

މާލޭ ދެކުނުހުޅަނގު ފަރާތު، ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދުގައި ހިނގި އެ ހާދިސާގައި ފުލުސް މީހާގެ ގައިގާ ސަކައިލަކުން ޖެއްސި މީހާ ވަނީ ފިލާފަ އެވެ. އޭނާ ފިލީ އެ ސަރަހައްދުގައި ފުލުހުން ޖަހާފައިވާ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން އެ އަމުރަށް ކިޔަމަންނުވެ އެވެ.

އަލީ ރިފާއުގެ އާއިލާއިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ރިފާއުގެ ފައި ބިންދައިގެން ގޮސްފައި ވަނީ ކަނާތް ފައިގެ ކުޑަ ހުޅާ ދިމާލުން ކަމަށާއި އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ގެންދާނެ ކަމަށެވެ.

ސައިކަލަކުން ޖެއްސުމުން ފުލުސް މީހާގެ ފައި ބިންދައިގެން ގޮސްފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ރިފާއުގެ ފައި ބިންދައިގެން ގޮސްފައިވާ ފޮޓޯތަކެއް އޭނާގެ އާއިލާއިން 'ސަން'އާ ވަނީ ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ބިންދައިގެން ގޮސްފައިވާ ފައިގެ ކުޑަ ހުޅާދިމާލުން ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ.

ރިފާއު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ވަނީ މިރޭ 10:30 އެހާކަންހާއިރު އެވެ. އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މައުސޫމް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާގެ ފައިގާ ވަނީ ރެނދުލާފައި ކަމަށާއި އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުންދާ ކަަމަށެވެ.

ތަފްސީލެއް އޭނާ ހާމައެއް ނުކުރެ އެވެ.

×
DB released.