ޓްރަމްޕްގެ އިނޮގްރޭޝަންގައި ބޭނުން ނޫން ނެށުންތެރިން ބައިވެރިވުން މަޖުބޫރު ނޫން ކަމަށް ބުނެފި

އަންނަ މަހު 20 ވަނަ ދުވަހު އޮންނަ، އެމެރިކާގެ އިލެކްޓެޑް ރައީސް ޑޮނަލްޑް ޓްރަމްޕް، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނެށުމުގެ އައިޓަމެއް ހުށަހަޅައިދޭ، ރޭޑިއޯ ސިޓީ ރޮކެޓާސްގެ ނެށުންތެރިންގެ ތެރެއިން އެކަމަށް އިންކާރު ކުރާ މީހުން ބައިވެރިވުން މަޖުބޫރު ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން އެ ގޮތަށް ނިންމީ ފާޑުކިޔުންތައް އަމާޒުވެ، އަދި ބައެއް ނެށުންތެރިން އެކަމަށް އިންކާރުކުރަން ފެށުމުންނެވެ. އެފަދަ ބައެއް މީހުން އެ މީހުންގެ އިންސްޓަގްރާމް އެކައުންޓްގައި ބުނެފައި ވަނީ "ޓަރަމްޕަކީ އެ މީހުން ގަބޫލު ކުރާ އެއްވެސް ކަހަލަ ހަމައެއް ގެންގުޅޭ މީހެއް ނޫން ކަމަށާއި އެފަދަ މީހަކު ހުވާ ކުރާ ރަސްމިއްޔާތުގައި އައިޓަމެއް ހުށަހަޅަން ދާން ޖެހުމަކީ ލަދުވެތި އަދި ވަރަށް މާޔޫސް ކުރުވާނެ ކަމެއް" ކަމަށެވެ.

އެ މައްސަލަ ހުނޫވީ، އިންތިހާބުވެފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނެށުންތެރިއަކު އެ ހަފުލާގައި ނަށަން ޖެހުމުން އެކަމާ ހިތްހަމަނުޖެހި، އިންސްޓްގްރާމް އެކައުންޓްގައި އޭނާގެ ޝުއޫރު ފާޅުކުރުމުންނެވެ.

"އަހަރެން މަސައްކަތް ކުރީ އިންޓަލިޖެންޓް އަދި ލޯއްބާއި އަޅާލާ އަންހެނަކާ އެކު، ނަމަވެސް އަހަރުން ގަބޫލުކުރާ ހުރިހާ ހަމަތަކާ ހިލާފު މީހަކު ހުވާ ކުރުމުގެ ހަފުލާގައި ނެށުމަކީ އަހަންނަން ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ހިލަރީ އަށް ސަޕޯޓް ކުރި ރޮކެޓާސް ގްރޫޕްގެ ނެށުންތެރިއަކު އޭނާގެ އަމިއްލަ އިންސްޓްގަރާމް އެކައުންޓްގައި ބުންޏެވެ. އަދި ބުންޏެވެ. "އެއީ އަހަރެންގެ ރައީސެއް ނޫން،"

ނިއުޔޯކް ޓައިމްސް އިން އެ ޕޯސްޓް ހުކުރު ދުވަހު ޝެއާ ކުރި އެވެ. އަދި ވައިރަލްއެއް ގޮތަށް މުޅި ސޯޝަލް މީޑިއާ އަށް ފެތުރިގެންދިޔަ އެވެ. އަދި އެއް ބަޔަކު އެ ޑާންސް ބޮއިކަޓް ކުރުމަށް އަޑުއުފުލި އިރު އަނެއް ބަޔަކު ބުނީ އެމެރިކާގައި މަގުބޫލު ގްރޫޕް ސިޔާސީކޮށްފި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އަޑުފެތުރިގެން ދިޔައީ ދުނިޔެ އަށް މަގުބޫލު ފަންނާނުން އެ ޝޯގައި ބައިވެރި ނުވެއްޖެ ނަމަ އެ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބުނެ އެވެ.

comment ކޮމެންޓް