ރެއާލް ދޫކޮށް ރޮޑްރިގޭޒް ޗެލްސީއަށް؟

ރެއާލް މެޑްރިޑްގެ ކޯޗު ޒިދާން(ކ) އަަދި ރޮޑްރިގޭޒް --- ފޮޓޯ: އޭޕީ

ރެއާލް މެޑްރިޑްގެ ކޮލަމްބިއާ މިޑްފީލްޑަރު ޖޭމްސް ރޮޑްްރިގޭޒް އެޓީމު ދޫކޮށްް ޗެލްސީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

ރޮޑްރިގޭޒް ޗެލްސީއަށް ބަދަލުވާން އުޅޭ އަޑުތަށް ގަދަވެގެންދިޔައީ އިއްޔެ ނިމިދިޔަ ކްލަބް ވޯލްޑްކަޕް ފައިނަލްގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބި މާޔޫސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެޗަށް ފަހު ރޮޑްރިގޭޒް ބުނީ އޭނާ ހުރީ މެޗަށް އަރަން ވަރަށް ބޭނުންވެފައި ކަމަށާއި ނަމަވެސް ކުޅުމުގެ ފުރުސަތު ނިލިބުމުން ދެރަވި ކަމަށެވެ.

"ޓީމަށް ތަށި ލިބުމުން ވަރަށް އުފާވި ހަމަ އެގޮތަށް ކުޅުމުގެ ފުރުސަތު ނުލިބުމުން އަހަރެން ދެރަވި،" ރޮޑްރިގޭޒް ބުންޏެވެ.

އޭނާ ބުނީ ގިނަ ކަލްބް ތަކަކުން ހުށަހެޅުންތަށް ލިބެމުންދާ ކަމަށާއި ރެއާލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަށް ދެވެން ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތް ވަރަކަށް ދުވަހުފެ ތެރޭގައި އެކަމާއި މެދު ވިސްނާނެ ކަމަށް ވެސް ރޮޑްރިގޭޒް ބުންޏެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮސްކާ ޗެލްސީ ދޫކޮށް ދާން ނިންމުމުން އޭނާގެ ބަދަލުގައި އެޓީމަށް ރޮޑްރިގޭޒް ގެނައުމަށް ވާހަކަތަށް ދެކެވިފައިވާ ކަމަށާއި ޓްރާންސްފާ ފީއެއްގެ ގޮތުގައި 75 މިލިއަން ޕައުންޑް ދޭން ޗެލްސީ އޮތީތައްޔާރަށް ކަމަށެވެ. އޮސްކާ ޗެލްސީން ޗައިނާގެ ޝަންހާއި އަށް ބަދަލުވަނީ 60 މިލިއަން ޕައުންޑަށެވެ.

ރޮޑްރިގޭޒް ރެއާލް މެޑްރިޑަށް ބަދަލުވީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ކޮލަމްބިއާ ޓީމަށް ދެއްކި މޮޅު ކުޅާމާ އެކު ގިނަ ޓީމްތަކަކުން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

comment ކޮމެންޓް