ފޭސްބްކް ޕޯސްޓަކާ ގުޅިގެން އިންޑިއާ މީހެއްގެ މައްޗަށް ދައުވާއުފުލައިފި

ކަމަލް ސީ ޗަވަރާއާ --

އިންޑިއާ (18 ޑިސެމްބަރު) -- ގައުމީ ސަލާމަށް މަލާމާތް ރައްދުވާ ގޮތަށް ފޭސްބުކްގައި ކޮމެންޓް ކުރި މައްސަލައެއްގައި އިންޑިއާ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މަލިޔާލަމް ލިޔުންތެރިއާ އަދި ތިއޭޓާ އާޓިސްޓް ކަމަލް ސީ ޗަވަރާއާ ވަނީ އެ މައްސަލާގައި ފުލުހަށް ހާޒިރުކޮށް ހައްޔަރުކޮށްފަ އެވެ.

"އޭނާގެ ހިސްޓްރީ ބަލަމުން ދަނީ، ނަމަވެސް މި ފަހަރު މި ހާޒިރު ކުރީ ގައުމީ ސަލާމާ ބެހޭ ގޮތުން އޭނާ ފޭސްބްކުގައި ލިޔެފައިވާ ކޮންޓަރަވާސަލް ކޮމެންޓާ ގުޅިގެން،" ފުލުހުން ބުންޏެވެ.

ލިޔުންތެރިޔާ ފުރަމަ ހައްޔަރު ކުރީ ކޮޒިކޯޑް ކިޔާ އަވަށަކުންނެވެ. ނަމަވެސް ފަހުން ވަނީ، އެ މައްސަލަ އޭނާގެ މައްޗަށް ހުށަހެޅި އަވަށް، ކޮއްލާމަށް ބަދަލުކޮށްފަ އެވެ.

ކަމަލްގެ ފޭސް ބްކް އެކައުންޓްގައި ގައުމީ ސަލާމަށް އިހުތިރާމްނުކޮށް، ކޮމެންޓްކޮށްގެން، ބީޖޭޕީގެ ޔޫތު ވިންގުން ވަނީ އެ މައްސަލަ ފުލުހަށް ހުށަޙަޅައިފަ އެވެ. ނަމަވެސް ފޭސް ބްކް އެކައުންޓްގައި އޭނާ ލިޔުނީ ކީކޭ ކަމެއް ބުނެފައެއް ނުވެ އެވެ.

އެ މައްސަލަ މި މަހު ކުރީ ކޮޅު ފުރަތަމަ ފެންމަތިވީ، ޓްޜެވިންޑްރަމްގައި އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ގައުމީ ސަލާމް ކިޔި އިރު ބަޔަކު ކޮއްޅަށް ނުތެދުވެގެންނެވެ. އަދި އެ މައްސަލައާ ގުޅިގެން 12 މީހަކު ހައްޔަރު ކުރި އެވެ.

މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ސިނަމާތަކުގައި ފިލްމްތައް ދައްކަން ފެއްޓުމުގެ ކުރިން ގައުމީ ސަލާމް ކިޔަން ޖެހޭނެ ކަމަށެވެ. އަދި ގައުމީ ސަލާމް ކިޔާ އިރު ހުރިހާ މީހުން ވެސް ކޮޅަށް ތެދުވެ ގައުމީ ސަލާމަށް އިހުތުރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި މައްސަލަ ހޫނުވީ އެއާ ގުޅިގެންނެވެ.

comment ކޮމެންޓް