ސައިފް އާއި ކަރީނާ ދަރިފުޅުގެ އިންތިޒާރުގައި ކެތްމަދުވެފައި!

ސައިފް އާއި ކަރީނާ ---

ބޮލީވުޑްގެ ޖޯޑު ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ފުރަތަމަ ދަރިފުޅަށް ދެމީހުން ކެތްމަދުވެފައި ތިބި ކަމަށް ސައިފް ބުނެފި އެވެ.

ކަރީނާ ވިހާނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެއީ ކަރީނާގެ ފުރަތަމަ ދަރިފުޅު ނަމަވެސް، ސައިފްގެ ތިން ވަނަ ދަރިފުޅެވެ. ސައިފްގެ ކުރީގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ. އެއީ ސާރާ އަލީ ޚާން (23) އާއި އިބްރާހިމް އަލީ ޚާން (15) އެވެ.

އެހެން ނަމަވެސް ކުރެވެނީ ފުރަތަމަ ދަރިފުޅު ލިބެން އުޅޭ ކަހަލަ އިހުސާސެއް ކަމަށް ސައިފް ވަނީ ބުނެފަ އެވެ. މީޑިއާ އާ ވާހަކަ ދައްކަމުން ސައިފް ބުނީ އަލުން ކުޑަ ކުއްޖަކު ބެލުމުގެ ޒިންމާ ނަގަން ޖެހޭ އިރު، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ހުރި ކަމަށެވެ.

"އެއްވެސް ވަރަކަށް ހާސް ކަމެއް ނެތް. މިހާރު ކޮޓަރި ވެސް ތައްޔާރުކޮށް ނިންމައިފިން،" ސައިފް ބުންޏެވެ.

ސައިފް ބުނީ މިއީ ދިރިއުޅުމުގެ މުޅިން ތަފާތު ސަފްހާއެއް ކަމަށާއި، މިހާރު އާއިލާ ފުރިހަމަވާން އުޅޭ ކަމަށެވެ.

"އަހަރެން ވަރަށް އިންތިޒާރު ކުރަން އެބަ ދަރިފުޅަށް،" ސައިފް ބުނެފައިވެ އެވެ.

ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް