ދަރިފުޅުގެ ހަންގަނޑު ކުރަކިވޭތަ؟ މިއީވެސް ހައްލެއް

ކުޑަދަރިފުޅަށް ހަމުގެ މައްސަލަ ދިމާވާނަމަ ސައިބޯނީގެ ބަދަލުގައި ސޯޕް ފްރީ ބާތު ބޭނުންކުރުމަށް ޑރ ނިޔާފް ނަސޭހަތްތެރިވި -- ފޮޓޯ/ ގޫގުލް

ރާއްޖޭގައި ކުޑަކުދިންނަށް ހަމުގެ މައްސަލަ ދިމާވާލެއް ގިނަކަން މިވަނީ ފާހަގަކުރެވިފައެވެ. ކުދިކުދި ބިހިނެގުމާއި، ހަންގަނޑު ކުރަކި ވުމާއި، ދެހަން ޖެހޭތަން ކަޅުވުން ފަދަ މައްސަލަތައް ދިމާވާކަމަށް ބައެއް ބެލެނިވެރިން ފާހަގަކުރެ އެވެ.

ބެލެނިވެރިން ފާހަކުރާ ގޮތުން އުޅަނބޮށި ކައިރިއާ ކަންފަތުގެ ބިއްދޮށް އަދި ކަރުދޮށް ކުރަކިވުން ފަދަ މައްސަލަތައް ދަރިފުޅަށް ދިމާވެ އެވެ. މިހުރިހާ ކަމެއްވެސް ވެފައިވަނީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށެވެ.

ކުޑަކުދިންގެ ހާއްސަ ޑރ އަބްދުﷲ ނިޔާފު ވިދާޅުވީ، ރާއްޖޭގައި ހަމުގެ މައްސަލަ ދިމާވާ ކުޑަކުދިން ގިނަ ކަމަށެވެ. އަދި ހަމުގެ މައްސަލައަކީ ރާއްޖޭގައި ކުޑަކުދިންނަށް އެންމެ ގިނައިން ދިމާވާ މައްސަލަ ކަމަށް ނިޔާފް ވިދާޅުވި އެވެ.

ޑރ. އަބްދުﷲ ނިޔާފް: ކުދިންގެ ހަންގަނޑު ކުރަކިވުމަށް ނިޔާފްވަނީ ހައްލެއް ބުނެދެއްވާފައި --- ފޮޓޯ// ފޭސްބުކް

" ކުދިންގެ ދެހަން ޖެހޭ ހިސާބުތަކުގައި އުޅަނބޮޑިކައިރި، ކަންފަތުގެ ބިއްދޮށުގައި. މިކަހަލަ ތަންތަނުގައި ހަންގަނޑު ކުރަކިވެ. ރާޅުކޮށް ހުރެ ހަންފޮޅި. ހިރުވާ މިކަހަލަ މައްސަލަތައް. ދެން އޭގެ އިތުރުން ބައެއް ކުދިންގެ ހުންނާނެ އެނދުގައި އޮށޯންނަ އިރު ޖެހި ދާހިއްލާ ތަންތަނުގައި ހަމަ އެކަހަަލަ ކުރަކިކަން. ބައެއް ބެލެނިވެރިން ބުނާނެ އެތަން ހީވަނީ އަނދާފައި ހުންނަ ހެނޭ،" ޑރ ނިޔާފް ވިދާޅުވި އެވެ.

ބޭހުގެ ބަދަލުގައި ގުދުރަތީ ފަރުވާއަށް އިސްކަންދީ

ކުޑަކުދިންގެ ހަމަށް ދިމާވާ މިފަދަ މައްސަލަތަކަށް ދާއިމީކޮށް ބޭހެއްގޮތަށް ފަރުވާ ކުރުމުގެ ބަދަލުގައި " މެނޭޖްކޮށްގެން" ހައްލުކުރުމަށް އިސްކަންދިނުމަށް ޑރ ނިޔާފް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަކުއްޖެއް މޫނުގައި ކްރީމެއް އުނގުޅަނީ: ގިނައިރު އޭސީގައި އުޅުމަކީ ހަންގަނޑު ކުރަކިވާނެ ކަމެއް ކަމަށް ޑރ ނިޔާފް ވިދާޅުވި --- ފޮޓޯ/ ގޫގުލް

އެގޮތުން ބައެއް ކަހަލަ އެއްޗިހި ހަމުގައި އުނގުޅުން ދުރުކުރުމާއި ގިނައިން ސައިބޯނި އުނގުޅުމުން ދުރުކުރުމަށް ޑރ ނިޔާފް ނަސޭހަތްތެރިވި އެވެ. އަދި ގިނަ ވަގުތު އޭސީ ޖައްސާފައި ހުންނަ ތަނެއްގައި ދަރިފުޅު އޮންނަ ނަމަ ހަންގަނޑު ޑްރައިވާނެ ކަމަށާއި އެހެންކަމުން އޭސީގައި ގިނަ ވަގުތު ދަރިފުޅު ނުބޭއްވުން ރަނގަޅު ކަމަށް ނިޔާފް ވިދާޅުވި އެވެ.

" ދަރިފުޅު ފެންވަރުވާއިރު ސައިބޯނީގެ ބަދަލުގައި ސޯޕް ފްރީ ބާތު ކަހަލަ މޮއިސްޗަރ ހަންގަނޑަށް ފޮނުވައިދޭ ޒާތުގެ އެއްޗެއް ބޭނުންކުރުން ރަނގަޅު" ޑރ ނިޔާފް ވިދާޅުވި އެވެ.

ލޯޝަން ބޭނުންކުރާ އިރުވެސް " ސޭފް މޮއިސްޗަރައިޒިން" ލޯޝަން ކްރީމް ކަހަލަ އެއްޗިހި ބޭނުންކުރުން ރަނގަޅު ކަމަށް ނިޔާފް ވިދާޅުވި އެވެ.

ހަމުގެ މައްސަލަ ދިމާވެގެން ބައެއް ކުދިން ބައެއް ބާވަތްތަކުގެ ކާއެއްޗިއްސާ ދުރުވާން ޖެހޭ ތަންވެސް އަންނަ ކަމަށާއި ނަމަވެސް އެއީ އާންމު ކަމެއް ނޫން ކަމަށް ނިޔާފް ވިދާޅުވި އެވެ.

comment ކޮމެންޓް