ޑިންގީއެއް ދަތުރުކުރަމުން ދަނިކޮށް އިންޖީނެއް ގޮވައި މީހެއްގެ ބަނޑު ކަފައިގެން ގޮސްފި

ށ. ފީވައް ---

ށ. ފީވަކުން ފުރައިގެން ފޯކައިދޫއަށް ދަތުރުކުރި ޑިންގީއެއްގައި ހަރުކޮށްފައި އިން އައުޓްބޯޑު އިންޖީނެއް ގޮވައި އޭގެ ފްލައިވީލް ނައްޓައިގެން ގޮސް މީހެއްގެ ބަނޑުގައި ޖެހި ކަފައިގެން ގޮސް އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ބޮޑު އަނިޔާއެއް ލިބިފައިވަނީ ފީވަކު އޯކިޑުމާގޭ، އަބްދުﷲ ފަޒީލް، 32 އެކެވެ.

އިންޖީނެއްގެ ފްލައިވީލް: ފަޒީލްގެ ބަނޑު ކަފައިގެން ދިޔައީ މީގެ އެއްޗަކުން ޖެހިގެން ---

އޭނާގެ އާއިލާގެ މެމްބަރަކު 'ސަން' އަށް މައުލޫމާތު ދެމުން ބުނީ ފްލައިވީލް ބަނޑުގައި ޖެހި ބަނޑު ވަރަށް ބޮޑަަށް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އެހާދިސާ ހިނގަން ދިމާވީ އިންޖީނު ގޮވައިގެން ކަމަށް ފަޒީލްގެ އާއިލާއިން ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ވަހީދު 'ސަން' އަށް ވިދާޅުވީ ފަޒީލް މިހާރުވީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

ވަކިއެއްޗެއް ބުނަން އެނގޭނީ ޑޮކްޓަރުންގެ ބަހެއް ލިބުމުން ކަމަށް ވަހީދު ވިދާޅުވި އެވެ. އޭނާގެ ހާލު ސީރިއަށްކަން ވަހީދު ފާހަގަކުރި އެވެ.

comment ކޮމެންޓް