އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒު ގޭ ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ ވައިސް ޗެއާ ޕާސަން އަލީ ނިޔާޒު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ގޭ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، ނިޔާޒު ގޭ ބަންދުން ދޫކޮށްލީ ތަހުގީގަށް ބޭނުންވާ ބައިތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

ފުލުހުން، އަލީ ނިޔާޒު ހައްޔަރުކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށް ގޮވާލައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިދިޔަ ހުކުރު ދުވަހު އެމްޑީޕީ އޮފީސް ކުރިމަތީ ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ.

އޭރު ފުލުުހުން ބުނީ، ނިޔާޒު ހައްޔަރުކުރީ އެއްވުން މަނާ ތަނަކަށް އެއްވުމަށް ގޮވާލައި އަމަން ނަގާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައިކަމަށެވެ.

އަދި މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ހަތް ދުވަހަށް ނިޔާޒު ގޭ ބަންދުކުރުމަށް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް ނިޔާޒް ގޭ ބަންދުން ދޫކޮށްލާފައިވާއިރު، ކޯޓުން ކޮށްފައިވާ އަމުރު ހަމަވާނީ މާދަމާއެވެ.

comment ކޮމެންޓް