ކެޓްރީނާ އާއި ދީޕިކާ އެންމެ ފަހުން އެއް ގަލަކަށް އެރީތަ؟

ދީޕިކާ އާއި ކެޓްރީނާ ---
ދީޕިކާ ޕަދުކޯން އަދި ކެޓްރީނާ ކައިފް އަކީ އެކުވެރިންނެއް ނޫނެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައި ހަދާ މަންޒަރެއް ނުފެނެ އެވެ. ދެމީހުންގެ ދޭތެރޭގައި ނުތަނަވަސްކަން އުފެދިފައި ވަނީ ދީޕިކާ ބޮލީވުޑަށް ނުކުތުމަށް ފަހު، އޭނާ އަކީ ބޮލީވުޑްގެ "ރާނީ" ކަމަށް މީހުން ގަބޫލު ކުރަން ފެށި ހިސާބުން ކަމަށް ޚަބަރުތައް ބުނެ އެވެ.
ދީޕިކާގެ މަޝްހޫރުކަން އިތުރުވެ އޭނާ އަށް ލިބޭ ފިލްމުތައް ވެސް އިތުރުވާން ފެށި އެވެ. އަދި ކެޓްރީނާ އަށް ފިލްމީ ދާއިރާ ގައި ކޮންމެސް ވަރެއްގެ ގެއްލުންތަކާ ކުރިމަތި ލާން ޖެހުނެވެ.
ދެމީހުންގެ ދެތެރޭގައި އުފެދުނު ނުތަނަވަސްކަން އިތުރުވީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އާ ދެމީހުންގެ ދެމެދަށް ކެޓްރީނާ ވަނުމުންނެވެ. ރަންބީރާއި ދީޕިކާގެ ގުޅުން ހީނަރުވީ، ރަންބީރު އަދި ކެޓްރީނާ 'އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ'ގައި މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. އެންމެ ފަހުން ދީޕިކާ އާއި ރަންބީރުގެ ގުޅުން އެއްކޮށް ނިމި، ކެޓްރީނާ އާ ދެމީހުން ގުޅުނީ އެވެ.
ނަމަވެސް މިހާރު މަންޒަރު ބަދަލުވެފައި ވާކަމަށް ޚަބަރުތައް މިވަނީ ބުނަން ފަށައިފަ އެވެ. އެގޮތުން ދެމީހުން އެކުގައި ވާހަކަ ދައްކައި ވަގުތު ހޭދަ ކުރަނިކޮށް މިވަނީ ފެނިފަ އެވެ.
ހަބަރުތައް ބުނާ ގޮތުން ނިމިގެން ދިޔަ އެވޯޑު ހަފްލާ އެއްގެ ތެރެއިން، ޝާހު ރުކް ޚާންގެ ވޭން ތެރޭގައި ދީޕިކާ އާއި ޝަހު ވާހަކަ ދައްކަން ތިއްބައި ކެޓްރީނާ ވަނީ އެ މީހުންނާ ބައިވެރިވެފަ އެވެ.
އަދި ތިން މީހުން އެކުގައި ބައިގަޑި އެއްހާ އިރު ވަންދެން ވާހަކަ ދައްކަން ތިބި ކަމަށާއި، ކެޓްރީނާ އަދި ދީޕިކާގެ މޫނު މަތިން ވެސް ނުރުހުމުގެ ކުލަވަރު ފެނިފައި ނުވާ ކަމަށެވެ.
އެހެންކަމުން ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ ދެ މީހުންގެ މެދުގައި އުފެދިފައިވާ "ހަނގުރާމަ" ނިންމާލައި، އެއްގަލަކަށް އަރާފައިވާ ކަމަށެވެ.
comment ކޮމެންޓް