އިޓަލީގެ ސްކަވޮލިނީ ބްރޭންޑުގެ ފަރުނީޗަރު ރާއްޖެއަށް ތައާރަފުކޮށްފި

ހޯޓެކް ސްކަވޮލީނީ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިޓަލީ ވިލާތުގެ މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ސްކަވޮލީނީ"ގެ ޕްރޮޑަކްޓްތައް ލިބޭ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

ހޯޓެކް މޯލްޑިވްސްއާ ގުޅިގެން "ހޯޓެކް-ސްކަވޮލީނީ"ގެ ނަމުގައި މިއަދު ހެނދުނު ހުޅުވި ޝޯރޫމް ހުންނަނީ ހެންވޭރުގައި، އަމީރު އަހްމަދު މަގުގެ އިރުމަތީ ކޮޅުގަ އެވެ. މި ޝޯރޫމް ހުޅުވައިދިނީ، އިޓަލީގެ ސްކަވޮލީނީ ކުންފުނީގެ އެކްސްޕޯޓް ސޭލްސް މެނޭޖަރު ރޮބާޓޯ ގްރަމަޗޯނީ އެވެ.

އިޓަލީގެ ސްކަވޮލީނީ ކުންފުނީގެ ެކްސްޕޯޓް ސޭލްސް ޑިރެކްޓަރު ރޮބާޓޯ ގްރަމަޗޯނީ، ހޯޓެކް ސްކަވޮލީނީ ޝޯރޫމްގައި ހުރި ބައެއް ތަކެތި ދައްކާލަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސްކަވޮލީނީއަކީ އިޓަލީގެ އެންމެ މަޝްހޫރު އެއް ކިޗަން އެންޑް ބާތުރޫމް ސޮލުއިޝަންސް ފޯރުކޮށްދޭ ކުންފުންޏެވެ.

ސްކަވޮލީނީގެ ޕްރޮޑަކްޓްތަކާ އެކު މިއަދު މާލޭގައި ހުޅުވި ޝޯރޫމްގައި، އެ ބްރޭންޑުގެ ބަދިގެ ފަރުނީޗަރާއި ފާހަނާގައި ހުންނަ ކެބިނެޓް ފަދަ ފަރުނީޗަރު ހުރެ އެވެ.

އެ ކުންފުންޏާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން، ސްކަވޮލީނީގެ އެކްސްޕޯޓް ސޭލްސް މެނޭޖަރު ރޮބާޓޯ ގްރަމަޗޯނީ ވިދާޅުވީ، ސްކަވޮލީނީއަކީ މީގެ 50 އަކަށް އަހަރު ކުރިން، ކުޑަކުޑަ ވަޑާންގެއެއްގެ ގޮތުގައި ފެށި ވިޔަފާރިއެއް ކަމަށެވެ. އަދި މިއަދު އެކުންފުންޏަކީ އިޓަލީގައި މި ދާއިރާގެ އެންމެ ބޮޑު މެނުފެކްޗަރަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އިޓަލީގެ ސްކަވޮލީނީ ކުންފުނީގެ އެކްސްޕޯޓް ސޭލްސް ޑިރެކްޓަރު ރޮބާޓޯ ގްރަމަޗޯނީ، ހޯޓެކް ސްކަވޮލީނީ ޝޯރޫމްގައި ހުރި ބައެއް ތަކެތި ދައްކާލަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އޭނާ ވިދާޅުވީ، ސްކަވޮލީނީގެ ޝޯރޫމްތައް ނިއު ޔޯކް، ލަންޑަން އަދި ޝަންހާއީ ފަދަ ތަންތަނަށް ފަހު، ރާއްޖެއަށް އެކުންފުނި ގެނެވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ދިވެހީންނާ އެކު ވަރަށް ވިޔަފާރި ކުރެވޭނެކަން،" އޭނާ ވިދާޅުވި އެވެ.

ހޯޓެކް ސްކަވޮލީނީ ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސްކަވޮލީނީގެ މާލޭ ޝޯރޫމުން، އެ ކުންފުނީގެ ސާމާނު ގަންނަން ލިބެން ހުންނަ އިރު، ކަސްޓަމަރުންގެ އެދުންތަކާ އެއްގޮތަށް، ކަސްޓަމައިޒް ނުވަތަ ޕާސަނަލައިޒްކޮށްގެން ވެސް ފަރުނީޗަރު ހަދައިދެ އެވެ.

މާލޭގެ ސްކަވޮލީނީ ޝޯރޫމްގައި، އިޓަލީ ވިލާތުން، ސްކަވޮލީނީ ކުންފުނީގެ ފަރާތުން ތަމްރީނު ލިބިގެން މަސައްކަތް ކުރާ އާކިޓެކްޓުންނާއި ޑިޒައިނަރުން ތިބެ އެވެ.

comment ކޮމެންޓް