Sun Online
ކަންގަނާ ރަނައުތު އެވޯޑަކާ އެކު: އެވޯޑަކީ އޭނާ ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށް ވަނީ ބުނެފައި ---
ކަންގަނާ ރަނައުތު އެވޯޑަކާ އެކު: އެވޯޑަކީ އޭނާ ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށް ވަނީ ބުނެފައި ---
ކަންގަނާ ރަނައުތު

އެވޯޑަކީ އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫން: ކަންގަނާ

އެވޯޑަކީ އެއްވެސް ވަރަކަށް ގަބޫލު ކުރާ އެއްޗެއް ނޫން ކަމަށާއި، ފިލްމީ އެވޯޑު ހަފްލާތަކަށް ނުދަނީ ވެސް އެހެންވެ ކަމަށް ކާމިޔާބު ބަތަލާ ކަންގަނާ ރަނައުތު ބުނެފި އެވެ.

ކަންގަނާ އެހެން ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބްލެންޑަރޒް ޕްރައިޑް ފެޝަން ޝޯވގައި ފެޝަން ޑިޒައިނަރު މަނީޝް އަރޯރާގެ ހެދުންތައް ދައްކާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

"އަހަރެން ނުދަން އެވޯޑު ހަފްލާތަކަށް. އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން އެވޯޑަކީ،" ކަންގަނާ ބުންޏެވެ.

ނޫސްވެރިން ވަނީ ސޯނަމް ކަޕޫރާއި އާލިއާ ބަޓް އާއި ދެމީހުންގެ ތެރެއިން މި އަހަރު އެންމެ މޮޅު އަންހެން ބަތަލާގެ އެވޯޑު ހޯދާނީ ކޮން ފަންނާނެއްތޯ ސުވާލު ކޮށްފައެވެ.

ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެމުން ކަންގަނާ ބުނީ އޭނާ އަކީ އެވޯޑު ދޭނެ ފަންނާނުން ކަނޑައަޅާ މީހެއް ނޫން ކަމަށާއި، އެއީ އޭނާ އާއި ބެހޭ ކަމެއް ނޫން ކަމަށެވެ.

"ކޮންމެ މީހަކަށް ލިބުނަސް އަހަންނަށް މައްސަލަ އެއް ނެތް،" އޭނާ ބުނެފައިވެ އެވެ.

ނަމަވެސް ކަންގަނާ ވަނީ އާލިއާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފައެވެ. އަދި ދެމީހުންގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

މި އަހަރު ކަންގަނާގެ ފިލްމެއް ރިލީޒް ނުވި ނަމަވެސް، އަންނަ އަހަރު އޭނާގެ ފިލްމު 'ރަންގޫން' ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

×
DB released.