އަލީ ނިޔާޒު ހަތް ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ---

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހަތް ދުވަހުގެ މުއްދަތަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.

އަލީ ނިޔާޒުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސަން އަށް ވިދާޅުވީ އޭނާ ހަތް ދުވަހަށް ގޭބަންދަށް ބަދަލުކުރީ މިރޭ ކްރިމިނަލް ކޯޓުން ކަމަށެވެ.

ފުލުހުން އަލީ ނިޔާޒު ހައްޔަރުކުރީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަވަސްކުރުމަށް ގޮވާލައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ހަވީރު އެމްޑީޕީ އޮފީސް ކުރިމަތީ ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކުރީ އެއްވުން މަނާތަނަކަށް އެއްވުމަށް ގޮވާލައި އަމަން ނަގާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ސަރުކާރުގެ ހުއްދަ ނެތި މާލޭގައި މުޒާހަރާ ކުރުމަކީ މަނާކަމެކެވެ.

comment ކޮމެންޓް