"ގޯލްޑް 100" ގެ ޕްލެޓިނަމް އަދި ގޯލްޑް ޕާޓްނަރުންނާ އެކު ސޮއިކޮށްފި

ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ޝާއިއު ކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ގެޓްއަވޭސްއާ އެކު "ގޯލްޑް 100" އަށް އެހީތެރިވުމުގެ ގޮތުން ފަސް ކުންފުންޏަކާ އެކު މިއަދު ސޮއިކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ގޯލްޑް 100 ގެ ގާލާ އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ސޮއި ކުރީ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އާ އެކު އެވެ. ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހަތަރު ކުންފުންޏަކާ އެކު ސޮއި ކޮށްފައިވެ އެވެ.

"ގޯލްޑް 100" ގެ ގޯލްޑް ޕާޓްނަރުން:

  • ދިރާގު
  • އެލައިޑް އިންޝޫރެންސް
  • މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)
  • އެމްޓީސީސީ

ގޯލްޑް 100ގައި ރާއްޖޭގައި ކުރިއެރުން ހޯދާފައިވާ 100 ވިޔަފާރީގެ ޕްރޮފައިލް ހިމެނޭއިރު، އެކި ސިނާޢަތްތައް ވަކި ވަކިން، ވިޔަފާރިތައް ލިސްޓްކުރެވިގެންދާނެ އެވެ. އެ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުު ކުރުނބާ މޯލްޑިވްސްގައި ބާއްވާ ގޯލްޑް 100 ގާލާ އިވެންޓުގަ އެވެ.

މިއަދު ޗަމްޕާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޕަރޭޓް މޯލްޑިވްސް މެގަޒިން ޝާއިރުކުރާ މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ސަނީ އުމަރު ވިދާޅުވީ ޖެނައުރީގައި ބާއްވާ ހަފްލާގައި ޚާއްސަ އެވޯޑެއްގެ ވެސް ދޭން ހަމަޖައްސާފައިވާ ކަަމަށެވެ. އަދި އެ އެވޯޑަކީ ވިޔަފާރީގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުންނަށް ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކަމަށް އޭނާ ވިދާޅުވިއެވެ.

ގޯލްޑް އަދި ޕްލެޓިނަމް ޕާޓްނަރުންގެ އިތުރުން، ގޯލްޑް 100 އިވެންޓު ބޭއްވުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގިނަ ފަރާތްތަކަކުން ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ޕެންޝަން އޮފީސް އަދި ޕްރެވަޓައިޒޭޝަން ބޯޑެވެ.

comment ކޮމެންޓް