ފިއްލަދޫ ފްޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަމިކޯ ހޯދައިފި

ފިއްލަދޫ ފްޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޔޫތު މިނިސްޓަރު އިނާމު ދެއްވަނީ --

ހއ. ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީ އިން އިންތިޒާމުކޮށްގެން އެ ރަށުގައި ބޭއްވި ފްޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެ ރަށު އަމިކޯ ހޯދައިފި އެވެ.

ހަފްތާއަކަށް އެ ރަށުގައި ބޭއްވި މުބާތުގެ ފައިނަލް މެޗު ކުޅުނީ އިއްޔެ އެވެ. އަދި ފައިނަލްގައި އެ ރަށު ޑީޖޭ އަމިކޯ އާއި ޔުނިޓީ ބައްދަލު ކުރި މެޗު ފަސް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޑީޖޭ އަމިކޯ އެވެ.

ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާނަކީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. އަދި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ރަނަރަޕް ޓީމަށް މެޑެލް ހަވާލުކޮށްދެއްވީ ވެސް ޔޫތު މިނިސްޓަރެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް 20،000 ރުފިޔާ، އަދި މުބާރާތުގެ ރަނަރަޕް ޓީމަށް ވަނީ 15،000 ރުފިޔާ ހަވާލުކޮށްފަ އެވެ.

ފިއްލަދޫ ކޯޕަރޭޓިވް ސޮސައިޓީގެ ޗެއާމަން އަބްދުﷲ ޝަރީފު ވިދާޅުވީ އެ މުބާރާތުގައި އަށް ޓީމަކުން ބައިވެރިވި ކަމަށެވެ. އަދި އެ ރަށުގައި މި މުބާރާތް ބާއްވާތާ 20 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި މިހާރު މުބާރަތް ބާއްވަމުން އަންނީ ހޮލިޑޭ ކަޕްގެ ނަމުގައި ކަމަށެވެ. އަދި އެ ނަމުގައި ވެސް މުބާރާތް ބާއްވާތާ ތިން އަހަރު ވެފައިވާ ކަމަށެވެ.

comment ކޮމެންޓް